އާމިނާދިޔޯ ސިއްޙީމަރުކަޒަށް ޕީޑީއެޓްރިކް ޑޮކްޓަރެއް ހޯދަނީ
އާމިނާދިޔޯ ސިއްޙީމަރުކަޒުގައި މަސައްކަތްކުރާނެ ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑަކްޓަރެއް ހޯދަން އިއުލާންކޮށްފިއެވެ. މިކަމަށް އިއުލާންކޮށްފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލުން އިއްޔައެވެ.
މުސާރަޔާއި އެލަވަންސާއިއެކު 43740 ރުފިޔާ ލިބޭ މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން، 03 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން، ހއ އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންޖެހެއެވެ.
އާމިނާދިޔޯ ސިއްޙީމަރުކަޒުގައި އާއްމު ބަލިތަކަށް ފަރުވާ ދެއްވާ ޑޮކްޓަރުންގެ އިތުރުން މިހާތަނަށް ދާއިމީކޮށް އެއްވެސް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ހިދުމަތް ލިބެމަކުން ނުދެއެވެ. އެމަރުކަޒުން ގައިނީކޮލޮޖިސްޓްގެ ހިދުމަތް ލިބެމުންދަނީ އައުޓް ރީޗް ޕްރޮގްރާމްގެ ދަށުން މަހަކު 6 ދުވަހުއެވެ. ވުމާއިއެކު ޕީޑީއެޓްރިކް ޑޮކްޓަރެއްގެ ހިދުމަތް ފެށިއްޖެނަމަ އެކަންވާނީ އާމިނާދިޔޯ ސިއްޙީމަރުކަޒުން ދާއިމީގޮތެއްގައި ފުރަތަމަ ލިބިގެންދާ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ހިދުމަތަށެވެ. ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑަކްޓަރުންގެ ހިދުމަތް ލިބިގެންދާނީ 16 އަހަރުން ފެށިގެން ދަށުގެ ކުދިންނަށެވެ.
އާމިނާދިޔޯ ސިއްޙީމަރުކަޒުން އަހަރަކު ފަނަރަ ހާހެއްހާ ބަލިމީހުން ހިދުމަތް ހޯދާއިރު އޭގެތެރެއިން 16 އަހަރުން ދަށުގެ ކުދިންގެ ނިސްބަތް އުޅެނީ 70 އިންސައްތަ އަށްވުރެ މަތީގައި ކަމަށް އެމަރުކަޒުން މައުލޫމާތުދެއްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
ޑުޕްލެކްސްއާ ބިން ހަވާލުކުރުމުން މަސައްކަތް ފަށައިފި
9 - މާރިޗު - 2023
އިހަވަންދޫ ހޮސްޕިޓަލް އަޅަން ޑުޕްލެކްސްއާ ހަވާލުކޮށްފި
16 - ޖެނުއަރީ - 2023
ކޮވިޑް ފެސިލިޓީ އާމިނާދިޔޯ ސިއްހީމަރުކަޒާ ހަވާލުކުރަނީ
3 - ނޮވެމްބަރު - 2022
އާމިނާދިޔޯ ސިއްހީމަރުކަޒުން ކުރިން ނުހެދޭ ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި
9 - އޭޕްރީލް - 2021
އިހަވަންދޫއިން ބޮޑު ބިމެއް ހެލްތްމިނިސްޓްރީއަށް ދޫކޮށްފި
10 - ސެޕްޓެމްބަރު - 2020
އަސްލަމަށް ވަޒީފާދިނުމަށް ޓްރައިބިޔުނަލުން އަމުރު ކޮށްފި
19 - ސެޕްޓެމްބަރު - 2012
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް