އޭއެސްޕީ ސްޓޫޑިއޯއާއި ހަވާލުކޮށްގެން ކައުންސިލުންދަނީ ބަނދަރުމަތި ޑިޒައިންކުރުމުގެ މަސައްކަތްކުރަމުން.[/caption]
ބަނދަރު ގޮނޑިތަކުން ރައްޔިތުންނަށް އުފާވެރިކަމާއި ބަނދަރަށް ފުރިހަމަކަން
އިހަވަންދޫ ކައުންސިލުން އިހަވަންދޫ ބަނދަރުމަތީގައި، ކޮންކުރީޓުން ހަދާފައިވާ ގޮނޑިތަކެއް ބަހައްޓަން ފަށައިފިއެވެ. އެގޮތުން މިހާތަނަށްވަނީ މިފަދަ 6 ގޮނޑިއެއް ބަހައްޓާފައެވެ. ބަނދަރުގެ މަސައްކަތްކުރާ އެމްޓީސީސީގެ އެހީތެރިކަމާއިއެކު ތައްޔާރުކުރި މިގޮނޑިތައް ބަހައްޓަމުންދަނީ ބަނދަރުގެ ޕޭމަންޓާއި އިންވެގެންނެވެ.
އާނމުކޮށް ރަށްރަށުގެ ބަނދަރުމަތީގައިހުންނަ ގޮނޑިތަކާއި ހިލާފަށް މިގޮނޑިތަކަކީ ލެނގިލެވޭގޮތަށް ބުރަކަށީގެ ބައްޓަމާއި އެއްގޮތަށް ފަރުމާކޮށްފައިވާ ގޮނޑިތަކެކެވެ. ގޮނޑި ބޭނުންކުރާ ބައެއްމީހުންނާއި ސުވާލުކުރުމުން ބުނީ ގޮނޑިތައް އަރާމުވެފަ ފައްކާކަމުގައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ، އެފަދަ ގޮނޑިތަށް ރަށުގެ އިޖްތިމާއި އެކި ސަރަހައްދުތަކުގައި ބަހައްޓަން ނިންމާފައިވާކަމުގައެވެ. އެގޮތުން ލައިސަންސް ޓްރެކާއި ބައެއް ޕާކްތަކުގެ އިތުރުން ތައާވުން މިސްކިތް ކުރިމަތީގައި އޮންނަ ހުސްޖާގަ ހިމެނެއެވެ.
ސޮބާޙް ވިދާޅުވީ މިހާތަނަށް ތައްޔާރުކުރެވުނު ގޮނޑިތައް، ބަނދަރު މަތީ އަދި ބަހަށްޓާލާފައި ހުރީ ކަމުގައެވެ. މަސައްކަތް ނިމޭއިރު ގޮނޑިތައް ހުންނާނީ ހިޔާވާގޮތަށް ކެނޮޕީއެއްގެ ތެރޭގައި ކަމަށާއި، ބަނދަރުގެ އެތެރެ ފަރާތުގައި 27 ގޮނޑި އަދި ބޭރުތޮށީގައިވެސް 10 ގޮނޑި ޖަހާނެކަމުގައި ސޮބާޙް މައުލޫމާތު ދެއްވިއެވެ. އެންމެފަހުން އޮތް ރައްޔިތު ބައްދަލުވުމުގައި ކައުންސިލުންވަނީ ބަނދަރު މަތީގައި ހިޔާކޮށްފައިހުންނަ ހިއްގައިމު ކެނޮޕީތަކެއް ހެދުމުގެ މަސައްކަތްކުރާކަމަށް ބުނެފައެވެ. އަދި ބަނދަރުމަތީގައިހުރި ބައެއް ދިގު ރުއްތަކުގެބަދަލުގައި ގަސް އިންދާ ފެހިކުރުމުގެ ވިސްނުންވެސް ފާޅުކުރިއެވެ.
[caption id="attachment_3760" align="aligncenter" width="300"]
އޭއެސްޕީ ސްޓޫޑިއޯއާއި ހަވާލުކޮށްގެން ކައުންސިލުންދަނީ ބަނދަރުމަތި ޑިޒައިންކުރުމުގެ މަސައްކަތްކުރަމުން.[/caption]
އޭއެސްޕީ ސްޓޫޑިއޯއާއި ހަވާލުކޮށްގެން ކައުންސިލުންދަނީ ބަނދަރުމަތި ޑިޒައިންކުރުމުގެ މަސައްކަތްކުރަމުން.[/caption]
ގުޅުން ހުރެދާނެ ލިޔުން
މެޝިނަރީޒް ރަށަށް އެރުވިތާ ދެމަހާ ފޮއިދުވަސްވާއިރުވެސް ބަނދަރުގެ މަސައްކަތް ނުފެށިފަ
11 - ޑިސެމްބަރު - 2019
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
ފެރީ ޓާމިނަލް ސިޑިއާ އިންވެގެން ހުޅަގަށްއޮތް ސަރަހައްދުގެ ޕޭވްމަންޓްގެ ދަށުން ފަސްގަނޑު ދަމައިގަނެފި
22 - ސެޕްޓެމްބަރު - 2024
ކައުންސިލުން 5 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެންހެދި އެއްގަމު ލައިސަންސް ޓްރެކް ހުޅުވައިފި
21 - ފެބްރުއަރީ - 2024
ހިއްކި ބިމުން 3 ހެކްޓަރު ގިރާލައިފި – ރިލްވާން
15 - ނޮވެމްބަރު - 2023
އެމްޓީސީސީގެ ޖަވާބެއް ނުލިބުނުކަމަށްބުނެ ކައުންސިލުން ވެލި ދޫކުރަން ފަށަނީ
7 - ސެޕްޓެމްބަރު - 2023
ބަނދަރު އަޕްގުރޭޑްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރިތާ 15 ދުވަސް ނުވަނީސް، އާނމުންގެ ރައްކާތެރިކަމަށް ސިޑި ބަންދުކޮށްފި
2 - އޮގަސްޓު - 2023
ބަނދަރުގައި މަސްކަނޑާ 2 ހަޓް ހަދަން ފެނައާރު އިންވެސްޓްމެންޓާ ހަވާލުކޮށްފި
21 - ޖުލައި - 2023
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް