ޚަބަރު

ކުލަބު ޕޯލްސްޓަރގެ 23 ވަނަ ޤުރުއާން މުބާރާތް ފަށައިފި

ކުލަބު ޕޯލްސްޓަރގެ 23 ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފިއެވެ. އިހަވަންދޫ މަދަރުސާގެ ވަގުތީ ހޯލްގައި ކުރިޔަށްދާ މިމުބާރާތުގެ ކިޔެވުން ފަށައިފާވަނީ މިއަދު ހަވީރުއެވެ. ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިޔަށް ދާނީ މާދަމާ ހަވީރާއި ހަމަޔަށެވެ. މިއީ އިހަވަންދޫގައި މެދުނުކެނޑި ކުރިޔަށްދާތާ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ. މިމުބާރާތުގައި މިއަހަރު 108 ކުއްޖަކު ވާދަކުރެއެވެ.
.