ވެމްކޯގެ އޮފީސް އިހަވަންދޫގައި ގާއިމްކުރިތާ އަހަރެއްފަހުން، 23 މުވައްޒަފުން ހޯދަނީ!
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ހިދުމަތް އިހަވަންދޫގައި ފެށުމަށްޓަކައި، ވެމްކޯގެ އޮފީސް އިހަވަންދޫގައި ގާއިމްކުރިތާ އެއް އަހަރު ފަހުން، ވެމްކޯ އިހަވަންދޫ އޮޕަރޭޝަނަށް 23 މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
ވެމްކޯއިން އިއްޔަ ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ވެމްކޯ އިހަވަންދޫ ސައިޓްގައި މަސައްކަތްކުރުމަށް އެކުންފުނިން ހޯދަނީ 3 ސެކިއުރިޓީ ގާޑުން، 2 ކޭޝިއަރުން، 2 ސްޕަވައިޒަރުން، 2 އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓުން، 2 ޑިއުޓީ އޮފިސަރުން، 10 ވެށިފާރަވެރިން އަދި 2 ޑްރައިވަރުންނެވެ. ޑްރައިވަރަކަށް 12000ރ، ވެށިފާރަވެރިޔަކަށް 9000ރ، ޑިއުޓީ އޮފިސަރަކަށް 10000ރ، އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓަކަށް 10000ރ، ސްޕަވައިޒަރަކަށް 12000ރ، ކޭޝިޔަރަކަށް 9000ރ އަދި ސެކިއުރިޓީ ގާޑަކަށް 9000ރ ގެ މުސާރެއް ދޭނެކަމަށް ވެމްކޯގެ އިއުލާނުގައިވާއިރު މިވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިޔަކީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
އިހަވަންދޫގައި ވެމްކޯގެ އޮފީސް ގާއިމްކޮށް، އިހަވަންދޫ ރަށްވެހިގޭގައި އެކުންފުނީގެ ނަންބޯޑު މިދިޔައަހަރުގެ އޭޕްރިލް 13 ވަނަ ދުވަހު ހަރުކުރިއެވެ. ނަމަވެސް އެތަނުގައި ވެމްކޯގެ އެއްވެސް މަސައްކަތެއް ހިންގާފައެއްނުވެއެވެ. އަދި ފަހުން އެބޯޑްވެސް އެތަނުންވަނީ ނަގައިފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ވެމްކޯއިން މިނޫހަށް މައުލޫމާތު ދިންގޮތުގައި، މިއަހަރުގެ ފެބްރުއަރީމަހު އެކުންފުނީގެ ޚިދުމަތް އިހަވަންދޫގައި ފެށުމަށް ތާވަލްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އޭރު ވެމްކޯއިން މައުލޫމާތު ދިންގޮތުގައި އެކުންފުނީގެ 3 މުވައްޒަފެއް އިހަވަންދޫގައި ތިބެއެވެ. އެއީ އެސިސްޓެންޓް މެނޭޖަރަކާއި، ދެ ސްޕަވައިޒަރުންނެވެ.
މިވަގުތު އިހަވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ދެމުންއަންނަނީ އިހަވަންދޫ ކައުންސިލުންނެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަކީ 2009 ގައި އުފައްދާފައިވާ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް އުފެއްދި އެކުންފުނިން ރާއްޖެތެރޭގައި ހިދުމަތްދޭން ފުރަތަމަފެށީ 2017 ވަނަ އަހަރު އައްޑޫ ސިޓީގައެވެ.
ވެމްކޯއިން އިއުލާންކޮށްފައިވާ ވަޒީފާތަކުގެ ތަފްސީލް ބެއްލެވުމަށް ކްލިކްކޮށްލައްވާ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
"ސިޔާސީ ރޯޅީގައި" ބައެއް މުވައްޒަފުން އިހަވަންދޫއަށް ބަދަލުކޮށްފި!
13 - ފެބްރުއަރީ - 2026
ވެމްކޯ މުވައްޒަފުން އިތުރުވެއްޖެ، މަސައްކަތް ފެށޭނީ ވެހިކަލް ލިބުމުން!
8 - ފެބްރުއަރީ - 2026
ކުނި ގޮނޑުގައި ރޯވެ އަނދަނީ: ރަށުތެރެއަށް ދުމުގެ އަސަރު
3 - ޖެނުއަރީ - 2026
މިހާރު 5 މުވައްޒަފުން އެބަތިބި، ކުނިކޮށި ހަދާނިމުމާއިއެކު އިހަވަންދޫގައި ހިދުމަތް ފަށަން ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓްވަނީ ގެނެވިފައި – ވެމްކޯ
1 - އޮކްޓޯބަރު - 2025
ރައްވެހިހިޔާ އިން ވެމްކޯ ބޭރުކޮށްފި!
30 - ސެޕްޓެމްބަރު - 2025
އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
27 - އޭޕްރީލް - 2025
ވެމްކޯ އިހަވަންދޫ ސައިޓަށް 12 މުވައްޒަފުން ހޯދަނީ
4 - ފެބްރުއަރީ - 2025
ވެމްކޯގެ ބައެއްވާހަކަތައް އިހަވަންދޫ ކައުންސިލުން ދޮގުކޮށްފި
21 - ނޮވެމްބަރު - 2024
އިހަވަންދޫގައި ވެމްކޯގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފަށަނީ، އަދިތިބީ 3 މުވައްޒަފުން
20 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް