ހޯރަފުށީ ފެން ބަންދުކުރާ ޕްލާންޓް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ
އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގައި ހއ. ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްން އިޢުލާނު ކޮށްފައިވާ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން ޖުމުލަ 6 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފާވައިވާއިރު ހޯރަފުށީގެ މަޝްރޫއުގެ ތަފްސީލް ދެއްވައި ފޮރިން މިނިސްޓަރު ޝާހިދު މީގެ ކުރިން ވިދާޅުވެފައިވަނީ ހޯރަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި، އޮފީސްތަކުގެ އިތުރުން އާންމު ތަންތަނަށް ބިއްލޫރު ފުޅީގައި ބަންދުކުރާ ފެން ފޯރުކޮށްދެމުން ދާނޭ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައި ވެއެވެ.
މި މަޝްރޫޢަކީ ހޯރަފުށީ ކައުންސިލްގެ ޙިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ޢުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއްވައެވެ.
ފެނަކަ ކޯޕަރޭޝަން އިން ގެޒެޓު ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުތަކާއި އެއްގޮތަށެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އިން، އަދި އީމެއިލްގެ ޒަރިއްޔާއިން 22 އޭޕްރިލް 2021 އިން ފެށިގެން 02 ޖޫން 2021 ނިޔަލަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ލިބިވަޑައިގަންނަވާނެކަމަށް ފަނަކައިން ބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
ހޯރަފުށީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިިފި
27 - ޖޫން - 2025
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށީ ކައުންސިލްގެ ނައިބުރައީސް ކަމަށް އަޙްމަދު އިމްދާޙް
17 - މޭ - 2021
ހޯރަފުށީގެ އިންތިހާބީ ކައުންސިލް ހުވާކުރައްވައިފި
17 - މޭ - 2021
ދަނޑުވެރިކަން ކުރުމަށް ހޯރަފުށިން ބިންދޫކުރަނީ
5 - އޭޕްރީލް - 2020
ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި
21 - ޖެނުއަރީ - 2020
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ހޯރަފުށީ ހޮސްޕިޓަލްގެ ފުރަތަމަ ފުރަތަމަ ޝީޓް ކޮންކްރިޓްކޮށް ނިމުމުގެ އުފަލުގައި އެމްޕީގެ ފަރާތުން ފިނިހިތްޕެވުމެއް!
2 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް