ސަރުކާރުން ދަނީ ސިވިލް ސާވިސް މުވައްޒަފުންގެ އަގުވައްޓާލާ، ފުރައްސާރަކުރަމުން: އިދިކޮޅު
މިސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންގެ އަގުވައްޓާލާ، ފުރައްސާރަކުރަމުން ގެންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންގެ އަގުވައްޓާލާ، ފުރައްސާރަކުރަމުން ގެންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ އަގު ވައްޓާލާ، އެ މުވައްޒަފުންނަށް ގޯނާކޮށް ނަފްސާނީގޮތުން ބަލިކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުން ކުށުގެ ގޮޅިއަކަށް ފެއްތުމުގެ ގޮތުން ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ސިވިލް ސާވިސް މުވައްޒަފުންގެ އަނގަ ބަންދުކޮށް، ހުރިހާ ބާރެއް ރައީސް ސޯލިހާއި އެމްޑީޕީގެ މުށުތެރެއަށް ޖަމާކުރުން ކަމަށް އެބަޔާނުގައި ބުނެއެވެ. އަދި މި ސަރުކާރު މިހާރު ދަތުރު ކުރަމުންދަނީ ޑިމޮކްރެސީގެ އަސާސްތަކާ ދުރަށް، ދުނިޔޭގެ އެންމެ ބޮޑެތި ޑިކްޓޭޓާޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން ސިވިލް ސާވަންޓުން މަހުރޫމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާކަން ހާމަކޮށް، އެއިސްލާހުތަކަށް ވާހަކަ ދައްކަވަމުން، މި ސަރުކާރު ތަމްސީލް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވަނީ ސިވިލް ސާވަންޓުންނަކީ، އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ "ފޭސްލެސް" އަދި "އަޑެއް ނެތް" ބައެއްކަމަށް ވިދާޅުވެފައި ކަމަށް ބަޔާނުގައި ބުނެއެވެ. މިއީ ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ 26000 އަށްވުރެ ގިނަ މުވައްޒަފުންގެ އަގުވައްޓާލާ އެމުވައްޒަފުންނަށް ނިކަމެތިކަން ގެނެސްދިން ވާހަކަތަކެއް ކަމަށް ބަޔާނުގައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް