އެމް.ޑަބްލިޔު.އޭ އަދި ޕޯލްސްޓަރ ގުޅިގެން ކުރިޔަށްގެންދާ، ފެހުމާއި ވިޔަފާރިއަށް އަޙުލުވެރި ކުރުމުގެ ކޯސް ފެށިގެން ކުރިޔަށް
މޯލްޑިވްސް ވޮމެން އެސޯސިއޭޝަން އާއި ކްލަބް ޕޯލްސްޓަރ ގުޅިގެން ކުރިޔަށް ގެންދާ ފެހުމާއި ވިޔަފާރިއަށް އަޙުލުވެރި ކުރުމުގެ ކޯސް ކާމިޔާބުކަމާއިއެކު ކުރިޔަށް އެބަދެއެވެ. 15 ބައިވެރިންނާއިއެކު އިހަވަންދޫގައި ކުރިޔަށްދާ މިކޯސް ކުރިޔަށްދާނީ މިމަހުގެ 7 އިން ފެށިގެން 16 އާއި ހަމަޔަށެވެ.
ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނުގައި ކުރިޔަށްގެންދާ މި ކޯހުގެ އިންސްޓްރަކްޓަރަކީ އަލްފާޟިލާ ދިހުޝާނާއެވެ. ދިހުޝާނާއަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ފެޝަން އެންޑް އާޓްސްގެ މުއައްސިސާއެވެ. ދިހުޝާނާ އަކީ ހެދުން ފަރުމާކުރުމާއި، ފައިވާން ހެދުމާއި، ވިޔުމާއި، އަދި ދަބަސް ހެދުމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ކޮލަމްބޯ ޔުނިވަރސިޓީން 2013 ގައި އެޓެލިއަރ އެންޑް ޓެއިލަރިންގ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާ ކަނބަލެކެވެ. ދިހުޝާނާވަނީ 2021 އިން 2024 އަށް 15 ރަށެއްގައި 3,000 އަށްވުރެ ގިނަ ދަދަރިވަރުންނަށް ތަމްރީނު ދެއްވާފައިވެއެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ދިހުޝާނާ ވިދާޅުވީ މިކޯހުގައި، ފެހުމުގެ އެންމެ ބެއިސިކުން ފެށިގެން ވިޔަފާރި ރަޖިސްޓްރީކުރުމާއި، ބްރޭންޑްކުރުމާއި، މާކެޓްކުރުމާއި، އަދި ވިއްކުމާ ބެހޭ އަސާސީ މައުލޫމާތު ބައިވެރިންނަށް ލިބިގެން ދާނެއެވެ. ކޯސް ފުރިހަމަ ކުރާ ބައިވެރިން އަމިއްލަ ކްރިއޭޓިވިޓީއާއި އެކު އުސްމިންތަކަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމުގައެވެ. މިކޯހުގެ މަޤުސަދަކީ އަމިއްލައަށް ނުވަތަ ރަށު ފެންވަރުގެ ވިޔަފާރިއެއް ބިނާކޮށް، ފަހައިގެން އާމްދަނީ ހޯދުމަށް އަންހެނުން ބާރުވެރި ކުރުވައި މަގުފަހިކޮށްދިނުމެވެ.
މޯލްޑިވްސް ވިމެންސް އެސޯސިއޭޝަން (އެމްޑަބްލިއުއޭ) އަކީ 2015 ވަނަ އަހަރު އަލްފާޟިލް މައިޒާން އަޙްމަދު މާނިކު އަދި އަލްފާޟިލާ ޒުލްފާ އާދަމް އުފައްދަވާފައިވާ ޖަމްޢިއްޔާއެކެވެ. މިއީ ހުނަރު ދަސްކޮށްދިނުމާއި، މުޖުތަމަޢު ތަރައްޤީކުރުމާއި، އިޤްތިޞާދީ ގޮތުން ކެރިފޯރުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އަންހެނުން އިސްވެ ހިންގާ ހިންގާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިހާތަނަށް އެޖަމިއްޔާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިލޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވެއެވެ. އޭގެތެރޭގައި ކެއްކުމާއި، ދުޅަހެޔޮ ޞިއްޙަތާއި، ފެހުމާއި، އަދި ވިޔަފާރި ފަށައިގަތުމުގެ ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.
އެމްޑަބްލިއުއޭގެ އެއް މުއައްސިސް އަލްފާޟިލާ ޒުލްފާ އާދަމް މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގައި އެ ޖަމިއްޔާއަށް ދި އެޓްމޮސްފިއަރ ފައުންޑޭޝަނުން އަދި ކްލަބް ޕޯލްސްޓަރގެ އިތުރުން ޕާކިސްތާން އެމްބަސީން ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވިއެވެ. އެގޮތުން އެކޯސް ކުރިޔަށް ގެންދަނީ ޕާކިސްތާން އެމްބަސީން ހަދިޔާކުރި 15 ފަހާ ފޮށި ބޭނުންކޮށްގެންނެވެ.
މިކޯސް ކުރިޔަށް ގެންދިއުމުގައި އިހަވަންދޫ ކައުންސިލް އަދި ބާބެކިއު ހަޓްގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ކްލަބް ޕޯލްސްޓަރ އިން ޝުކުރު އަދާކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...
2 - ޖޫން - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ކުލަބު ޕޯލްސްޓަރގެ 24 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ޔައިޝާ ހޯދައިފި!
11 - އޭޕްރީލް - 2026
ކުލަބު ޕޯލްސްޓަރގެ 24 ވަނަ ޤުރުއާން މުބާރާތް ފަށައިފި
21 - މާރިޗު - 2026
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް