ތިލައުތުރު ފުޓްސަލް މުބާރާތް 2024 - އިހަވަންދޫ ފައިނަލަށް
ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން، ހއ. ކެލާގައި މިހާރު ކުރިއަށްދާ 3 ވަނަ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އިހަވަންދޫ ދަތުރު ކޮށްފިއެވެ. މިމުބާރާތުގެ ފައިނަލަށް އިހަވަންދޫ ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލް މެޗް ދިއްދޫއާ ވާދަކޮށް 5-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މިއީ މިމުބާރާތުގެ ފައިނަލަށް އިހަވަންދޫ ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމް ހަމަހަމަވުމުން މިރޭގެ މެޗްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، މިރޭގެ މެޗްގައި ގިނަ ސޭވްތަކެއްކޮށް މޮޅު ކުޅުމެއްދެއްކި އިހަވަންދޫ ޓީމްގެ ގޯލް ކީޕަރު ރިޝްފާންއެވެ. ރީޝްފާންވަނީ ޕެނަލްޓީ ސޫޓް އައުޓްގައި ޕެނަލްޓީއެއްވެސް ދިފާއުކޮށްފައެވެ.
މިމުބާރާތުގެ ފައިނަލްގައި އިހަވަންދޫއާ ދެކޮޅަށް ނުކުންނާނީ އުތީމްއެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ބާރަށުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އުތީމް އަކީ މިދިޔަ އަހަރުއޮތް، ތިލައުތުރު ފުޓްސަލް މުބާރާތް 2023 ގެ ދެވަނަ ޓީމެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
މަދީހްއަށް މިރޭ ކުޅެވޭނެ – އެސިސްޓެންޓް ކޯޗް ހަމްމާޒް
9 - ނޮވެމްބަރު - 2024
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ދިއްދޫ އަތުން ބަލިވެ އިހަވަންދޫ ޓީމް ކަޓައިފި
4 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް