ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްދާ، އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 ގެ ފައިނަލްގެ ފުރަތަމަ ޖާގަ "ޔުނައިޓެޑް ޔޫތް" ޓީމުން ކަށަވަރުކޮށްފިއެވެ. އެ ޓީމުން ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމްގެ ގޮތުގައި "ޖަންގަލި" އާއި ތިންވަނަ ޓީމްގެ ގޮތުގައި "އެންވީކޭ" ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލް މެޗް އޮންނާނީ މިރޭ 20:15 ގައި ހުރަވީ އައުޓްޑޯރ ވޮލީ ކޯޓުގައެވެ. މިމެޗުން މޮޅުވާ ޓީމަކަށް ޔުނައިޓެޑް ޔޫތްއާ ފައިނަލުގައި ބައްދަލުކުރަން ޖާގަ ލިބޭނެއެވެ.
މިއީ އިހަވަންދޫ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. ހަތަރު ޓީމް ވާދަކުރާ މުބާރާތުން މިހާތަނަށް ކަޓާފައިވަނީ "މިސްކިއްމަގު" ޓީމެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 20:15 ގައި ހުރަވީ އައުޓްޑޯރ ވޮލީ ކޯޓުގައެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރު، އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ "ކުޅިމަގު" ޓީމެވެ. ނަމަވެސް، އެޓީމް މި އަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތަށް ތާރީޚީ ކާމިޔާބީ: ފުރަތަމަ ފަހަރަށް ވޮލީ މުބާރާތެއްގެ ތަށި ހިއްލާލައިފި!
7 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
14 - އޮކްޓޯބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް