ލޯކަލް ކައުންސިލް އިންތިހާބު 2026: ސޮބާހްގެ އާއިއެކު ނުކުންނަ ފުލް ޓީމް އިއުލާންކޮށްފި!
އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް، އާއި އެކު އެއް ޓީމެއްގެ ގޮތުގައި ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުކުންނަ ޓީމްގެ ހުރިހާ ކެނޑިޑޭޓުން ހަމަކޮށްފިއެވެ.
އެގޮތުން އެޓީމްގެ ފަރާތުން ނުކުންނަ، ކައުންސިލް ރައީސްގެ އިތުރުން 4 މެމްބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ރައީސާ އަދި 4 މެމްބަރުންގެ ނަން މިހާރުވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.
ސޮބާހްގެ ޓީމްގައި ހިމެނޭ ފަރާތްތަކަކީ:
ކައުންސިލް ރައީސްކަމަށް: އަހްމަދު ސޮބާހް
މެމްބަރުކަމަށް: މުހައްމަދު ފިރާޤު
މެމްބަރުކަމަށް: މުހައްމަދު ވިޝާހު
އަންހެން މެމްބަރުކަމަށް: ފާތިމަތު ސަޖުނާ
އަންހެން މެމްބަރުކަމަށް: އައިޝަތު ސަމާހަތު
އ.ތ.މ.ކ ގެ ރައީސާ ކަމަށް: ނަޝީދާ އަބުދުﷲ
އ.ތ.މ.ކ ގެ މެމްބަރު: ޠާހިރާ މުޙައްމަދު
އ.ތ.މ.ކ ގެ މެމްބަރު: ޙަލީމަތު ހުރާސަތު
އ.ތ.މ.ކ ގެ މެމްބަރު: މަޖުދާ މުހައްމަދު
އ.ތ.މ.ކ ގެ މެމްބަރު: ޢާއިޝަތު ރަޝީދާ
ޓީމެއްގެ ގޮތުގައި ސޮބާހްއާއި އެކު އަމިއްލަގޮތުން ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ޓީމް އުފެދުނީ، ވެރިކަން ކުރާ ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ސޮބާހް އަދި ފިރާޤު ކުރިމަތިލުމުން، ޝަރުތުހަމަނުވާކަމަށްބުނެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމުންނެވެ. ވަކި ކެނޑިޑޭޓުންތަކެއް ޝަރުތުހަމަވާކަމަށް ނިންމައި، ވަކި ކެނޑިޑޭޓުންތަކަކަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދިނުމުން އުފެދުނު މައްސަލަތައް ހައްލުކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ސޮބާހްވަނީ އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން އިސްތިއުފާ ދެއްވައި ޓީމަކާއިއެކު އަމިއްލަ ގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން ނުކުންނަވާފައެވެ.
ފާހަގަކޮށްލެވޭ:
ސޮބާހް އާއިއެކު އަމިއްލަގޮތުން ވާދަކުރާ 10 ކެނޑިޑޭޓުންގެ ޓީމް މިހާރު އިއުލާންކޮށްފައި ވާއިރު، ވެރިކަންކުރާ ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ފުލްޓީމް އަދިވެސް އިއުލާންކުރެވޭ ގޮތެއްނުވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
ކައުންސިލްގެ ރައީސް
ގުޅުން ހުރެދާނެ ލިޔުން
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
އިންތިހާބާ ދިމާކޮށް "ބެހި" ބައެއް ވަޒީފާ ތަކުގައި "ބުރަކި" ޖެހިއްޖެ!
10 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
މޮޅަދޫ ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް އިންތިޚާބަކާ ނުލައި އެމްޑީޕީއަށް
15 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް