"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިންތިޚާބުގައި ހއ. އިހަވަންދޫން "ރައްޔިތުންގެ ޓީމް" ގެ ނަމުގައި އަމިއްލަގޮތުން ވާދަކުރި ޓީމުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެ ޓީމް ލީޑްކުރައްވާ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ސޮބާހް ވިދާޅުވި ގޮތުގައި، އެ ޓީމާއެކު އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވި ތިން މެންބަރުންވެސް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައެވެ.
"ރައްޔިތުންގެ ޓީމް" ގެ ނަމުގައި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރީ ތިން ކެނޑިޑޭޓުންނެވެ. އެއީ އިހަވަންދޫ ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބުވި މުހައްމަދު ފިރާގު އަދި އާއިޝަތު ސަމާހަތުގެ އިތުރުން، އިހަވަންދޫ އ.ތ.މ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވި ހަލީމަތު ހުރާސަތުއެވެ.
މި މެންބަރުން ރަސްމީކޮށް ވެރިކަންކުރާ ޕީއެންސީއާ ގުޅޭނެތޯ ސުވާލުކުރުމުން ސޮބާހް ވިދާޅުވީ، އެކަމާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. ނަމަވެސް، އެ ޓީމުގެ އިސް ގިނަ ބަޔަކު ވަރަށް އަވަހަށް ޕީއެންސީއާ ގުޅޭނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ކެނޑިޑޭޓުން ނުކުތީ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް އެޕާޓީން ނިންމުމުން، ޝަރުތު ހަމަވީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ވަނީ ޓިކެޓް ދީފައެވެ.
"ރައްޔިތުންގެ ޓީމް" ގެ ނަމުގައި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނަކީ މިނިވަން ކެނޑިޑޭޓުން ނޫކަމަށްބުނެ އިންތިހާބުގެ ތެރޭގައިވެސް ގިނަބައެއްގެ ތުހުމަތު އަމާޒުވިއެވެ. އެގޮތުން އެ ޓީމަކީސަރުކާރުގެ ފުރިހަމަ މަދަދުލިބޭ ބައެއް ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވެއެވެ.
މިފަހަރުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއެވެ. އަދި އ.ތ.މ ކޮމިޓީގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް މި އިންތިޚާބުގައި އިހަވަންދޫގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އިހަވަންދޫ ކައުންސިލް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
އިހަވަންދޫ ރަށުކައުންސިލްގެ ނަތީޖާއިން ބުނެދޭ ބައެއް ވާހަކަ!
16 - މޭ - 2017
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ޝައިޚް ޙާތިމް ޔޫސުފްގެ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް އިހަވަންދޫގައި
16 - ޖޫން - 2026
5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް، އ.ތ.މ.ކ މެމްބަރުންގެ އިގުރާރުގައި ސޮއެކޮށްފި
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް