"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެއިންތިހާބުގައި "ރައްޔިތުންގެ ޓީމް" ގެ ނަމުގައި އަމިއްލަގޮތުން ވާދަކުރި ޓީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާ ޓީމެއް ކަމަށް، އެ ޓީމް ލީޑްކުރައްވާ އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.
ސޮބާހް ވިދާޅުވި ގޮތުގައި، ސަރުކާރާ ގުޅިގެން ކުރިއަށްދިއުމަށް ނިންމާފައިވާ މި ޓީމުގެ ފަރާތުން ޕީއެންސީގެ ދެ ޖަގަހަ ވަރަށް އަވަހަށް އިހަވަންދޫގައި ހުޅުވާނެއެވެ. މިހާރުވެސް "ރައްޔިތުންގެ ޓީމް" ގެ ޖަގަހައެއް އިހަވަންދޫ ނޫރުމަންޒިލްގޭގައި ހިންގަމުންދާއިރު، އިންތިޚާބަށްފަހުވެސް ބައެއް ރޭރޭ އެތަނުގައި ސިޔާސީ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
މީގެ އިތުރުން، އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ނަސީރު އިސްވެ ހިންގަވާ ޕީއެންސީ "ބޮޑުތަކުރުފާނު މާލަމު" ގައިވެސް ކޮންމެ ރެޔަކުހެން ސިޔާސީ އެކި ހަރަކާތްތަކާއި ބައްދަލުވުންތައް ބާއްވަމުންދާކަން ފާހަގަކުރެވެއެވެ.
ސޮބާހް އިތުރަށް ވިދާޅުވީ، "ރައްޔިތުންގެ ޓީމް" ގެ ފަރާތުން އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވި ތިން މެންބަރުންވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާއެކު މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު ވަރަށް އަވަހަށް ވެރިކަންކުރާ ޕީއެންސީއާ ރަސްމީކޮށް ގުޅޭނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދެއްވާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
އިންތިހާބާ ދިމާކޮށް "ބެހި" ބައެއް ވަޒީފާ ތަކުގައި "ބުރަކި" ޖެހިއްޖެ!
10 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
މޮޅަދޫ ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް އިންތިޚާބަކާ ނުލައި އެމްޑީޕީއަށް
15 - ފެބްރުއަރީ - 2026
ކައުންސިލް އަދި އ.ތ.މ.ކ އަށް ޕީއެންސީން ކުރިމަތިލާ ފުލްޓީމް ހަމަކޮށްފި!
29 - ޖެނުއަރީ - 2026
އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!
26 - ޖެނުއަރީ - 2026
ލޯކަލް ކައުންސިލް އިންތިހާބު 2026: ސޮބާހްގެ އާއިއެކު ނުކުންނަ ފުލް ޓީމް އިއުލާންކޮށްފި!
23 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް