Banner Image Description

ކައުންސިލްގެ ފަރާތުން ކުނިއުކާ ދިނުމުގެ ޚިދުމަތް ފަށަނީ

އައިޝަތު އިލްމާ އަދުނާން

ތިލަދުންމަތީ އުތުރުބުރީ ކައުންސިލްގެ ފަރާތުން ކުނިއުކާދިނުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ކުނިއުކުމުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން، 2020  ސެޕްޓެމްބަރ 24 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ގުޅާ ނަންނޯޓް ކުރުމަށް ކައުންސިލްގެ ފަރާތުން އެދެއެވެ.

Councilge faraathun kuni ukaadhinumuge khidhumaiyy feshumah thayyaruvamun dhaathy mi khidhumaiyy beynunvaa faraaiyythakun registry kurumah furusathu hulhuvalameve.

Posted by Secretariat of Ihavandhoo Council on Thursday, September 10, 2020

ކުނިއުކުމުގެ ޚިދުމަތަށް ނަގާ ފީ ކަނޑައަޅާނީ، ކުނިއުކުމުގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީ ކުރެވޭ މީހުންގެ ނިސްބަތަށް ބަލާފަ ކަމަށާއި ޢަމަލީ ގޮތުން މި މަސައްކަތްކުރުމަށް ޓަކައި މުއައްޒަފުން ނެގިގެންދާނެކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން، މިޚިދުމަތް ފޯރުކޮށްދެވިގެންދާނީ ކައުންސިލްގެ ބެލުމުގެ ދަށުންކަމަށާއި ޚިދުމަތް ހޯދާ ފަރާތްތަކުން ޢަމަލުކުރަންވީ އުސޫލު ވަރަށް  އަވަހަށް އާންމުކުރެވިގެންދާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މިއީ، އިހަވަންދޫ ކައުންސިލްގެ ފަރާތުން އިސްވެ ކުނިއުކުމުގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.