އުތުރުގެ ރައްޔިތުން ފަހުރުވެރިވާފަދަ އިސްލާމީ ބިނާއެއް ބިނާކޮށް، ޤުރުއާނުގެ އިލްމުފަތުރާ ރަށަކަށް އިހަވަންދޫ ހެދުމަށް މެންބަރު ނަސީރު ގޮވާލައްވައިފި!
ރާއްޖޭގެ އުތުރުގެ ރައްޔިތުން ފަހުރުވެރިވާފަދަ އިސްލާމީ ބިނާއެއް ބިނާކޮށް، ޤުރުއާނުގެ އިލްމުފަތުރާ ރަށަކަށް އިހަވަންދޫ ހެދުމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ނަސީރު ގޮވާލައްވައިލައްވާފިއެވެ. ނަސީރު މިކަމަށް ގޮވައިލެއްވީ، އިހަވަންދޫ ކައުންސިލުން ބޭއްވި ރަސްތަރި ޤުރްއާން މުބާރާތް 2025، ގެ ނަތީޖާ ފާޅުކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެރޭ އިހަވަންދޫ ބަނދަރުމަތީ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނަސީރު ވިދާޅުވީ، އަންޒަމާނުންސުރެ އިހަވަންދޫ އަކީ ކީރިތިޤުރުއާނަށް ލޯބި ކުރާ ރައްޔިތުންތަކެއް ދިރިއުޅުނު އަދި ދިރިއުޅެމުން ދާ ރަށެއްކަމުގައެވެ. "މިކަމައް ހެކިދެނީ 300 އަހަރު ކުރިން އަތުލިއުމުން ލިޔެފައިވާ މުސްހަފު މިރަށު އާސާރި މިސްކިތު ރައްކާކުރެވި ބެލެހެއްޓިފާ އޮތް އޮތުން" ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ، އެބޭފުޅާ ދުނިޔެއަށް ލޯހުޅުވިގެން އައިއިރު ރަށުތެރޭން އެން މެގިނައިން ފެނުނު އެއް މަންޒަރަކީ އަދި އިވުނު އަޑަކީ ރަށުގެ ނިސްބަތުން ވަރަށް ގިނަ ގޭގޭގައި ކުދި ބޮޑު އެންމެން ޤުރުއާން ކިޔެވުމާ ދަސްކުރުމަށް ދިން އަހަންމިއްޔަތެވެ. އެގޮތުން އެމަސައްކަތުގައި ފަހާގަކުރެވޭ ބައެއް ފަރާތްތަކުގެ ނަންވެސް ނަސީރު ފާހަގަކުރެއްވިއެވެ.
އިހަވަންދޫގެ ފުރަތަމަ ހާފިޒާ، މަރިޔަމް ރައްޔާ އަޙްމަދު އެކަން ހާސިލްކުރުމަށް ކުރިހިއްވަރަށް ސާބަސްދެއްވަމުން، މެމްބަރު ނަސީރުވަނީ އިހަވަންދޫ ކައުންސިލުން އިސްނަގައިގެން އަތޮޅުފެންވަރުގައި ރަސްތަރި ޤުރުއާން މުބާރާތުގެ ނަމުގައި ޤުރުއާން މުބާރާތެއް ބާއްވާތީ އެއީ، މިސަރަހައްދުގައި ގުރުއާނުގެ އިލްމު ކުރިއެރުވުމައް އިހަވަންދޫ ކައުންސިލް ޝައުގުވެރި ކަން ހުރި މިންވަރު ފެނިގެންދާ ކަމެއްކަމުގައި ވިދާޅުވެ އިހަވަންދޫ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.
ބެލެވޭ ގޮތުގައި ނަސީރު، އިސްލާމީ ބިނާއެއް އިހަވަންދޫގައި ބިނާކުރުމުގެ ވާހަކަ އެދެއްކެވީ އިހަވަންދޫގައި ސަރުކާރުން އިމާރާތްކުރުމުގެ މަސައްކަތްކުރާ އިސްލާމީ މަރުކަޒަށް ނިސްބަތްކޮށެވެ. އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ ޓެންޑަރިންގ މަރުހަލާނިމި މިހާރު އޮތީ އެމަސައްކަތް އެވޯޑްކުރުމުގެ މަރުހަލާގައި ކަމުގައެވެ. އަދި ވަރަށް އަވަހަށް އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ޓެކްސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ހަގީގީ ނަތީޖާ ފެންނަން 3-4 އަހަރު ނަގާނެ - އެމްޕީ ނަސީރު
17 - އޮގަސްޓު - 2026
އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!
3 - އޮގަސްޓު - 2026
ކުންފުނިތަކުގެ ޕޮލިސީތަކަށް ގެންނަ ބަދަލާއެކު މަސްވެރިކަން ފުޅާވެގެންދާނެ: މެންބަރު ނަސީރު
22 - އޭޕްރީލް - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
އެމްޕީ ނަސީރަށް އިހަވަންދޫ ޕީއެންސީގެ ކޮންޓްރޯލް ގެއްލެނީބާ؟
23 - މާރިޗު - 2026
ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ – އެމްޕީ ނަސީރު
10 - މާރިޗު - 2026
ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރަސްތަރިޔަކަށް ޔައިޝާ!
30 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 10 ބައިވެރިން ހޮވައިފި!
27 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް