ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
ހއ. އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ފިރާގާއި، އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއަށް އަމިއްލަ ގޮތުން ހޮވުނު ހަލީމަތު ހުރާސަތު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
މި ދެ ބޭފުޅުން ޕީއެންސީއަށް ސޮއިކުރައްވާނެކަން މިއަދު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރައްވާފައެވެ. "ރައްޔިތުންގެ ޓީމް" ގެ ނަމުގައި ކެމްޕޭން ކުރައްވައި ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި ފިރާގު ވިދާޅުވީ، ޕީއެންސީއާ ގުޅުމަށް ނިންމި ނިންމުމަކީ އޭނާގެ ކެމްޕޭން ޓީމާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރެއްވި ހަލީމަތު ހުރާސަތު ވިދާޅުވީ، އިންތިހާބުވެއްޖެނަމަ މަސައްކަތް ސީދާވާނީ އަދުގެ ސަރުކާރާއި ޕީއެންސީގެ ފަލްސަފާގެ މައްޗަށްކަން އެއީ ރައްޔިތުންނަށް އަބަދުވެސް އެގެންއޮތް ހަޤީގަތެއްކަމަށެވެ. އެހެންކަމުން ޕީއެންސީއަށް ސޮއިކުރަނީ ރައްޔިތުންގެ އަގުލަބިއްޔަތުން ހަވާލުކުރި މެންޑޭޓު ސާފުކޮށް ސާބިތުވެ އެ ޒިންމާ އެންމެ ފުރިހަމަޔަށް ފާޅުގައި އަދާކުރުމަށްޓަކާ ކަމުގައެވެ.
މިދިޔަ އިންތިހާބުގައި އިހަވަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ އަގުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ފިރާގު ޕީއެންސީއަށް ގުޅިވަޑައިގަތުމާއެކު، އޭނާ ވެގެންދާނީ އިހަވަންދޫ ކައުންސިލްގައި އިންނަވާނެ ޕީއެންސީގެ ހަމައެކަނި މެންބަރަށެވެ. ހަމައެއާއެކު، ހުރާސަތު ވެގެންދާނީ އިހަވަންދޫ އ.ތ.މ ކޮމިޓީގައިވެސް ތަމްސީލުކުރައްވާ ޕީއެންސީގެ ހަމައެކަނި މެންބަރަށެވެ.
"ރައްޔިތުންގެ ޓީމް" ގެ ނަމުގައި އިހަވަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއަށް، އެއް ޓީމެއްގެ ގޮތުގައި އަމިއްލަގޮތުން ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އިންތިހާބުވީ 3 ކެނޑިޑޭޓެކެވެ. އޭގެތެރެއިން ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއެކުރިއިރު، ސަމާހަތު އަދިވެސް ހުރީ އިންތިހާބުވި ގޮތަށް އެއްވެސް ޕާޓީއަކާއި ނުގުޅިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ޕީއެންސީ ކެނޑިޑޭޓުންގެ ޕޯސްޓަރަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފި
1 - އޭޕްރީލް - 2026
ހުސް ގޮނޑި ބަހައްޓައިގެން ޕީއެންސީއިން ޖަލްސާއެއް ބާއްވައިފި!
28 - މާރިޗު - 2026
އަޅުގަނޑު އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށްބުނެ ދައްކާވާހަކައަކީ ދޮގެއް – ރައްޒާން
28 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް