ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުންނާއި ދެކޮޅަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެއެވެ.
މި އިންތިހާބުގައި އަމިއްލަގޮތުން އެއްޓީމެއްގެ ގޮތުގައި ވާދަކުރި "ރައްޔިތުންގެ ކެނޑިޑޭޓުން" ގެ ޖަގަހާގައި، މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި، ޕީއެންސީގެ ސެނެޓަރު މުހައްމަދު އަބުދުﷲ (މުހައްމާ) ދެއްކެވި ވާހަކާގައި ވިދާޅުވީ "އެޓީމަށް" ހަރަދުކުރެއްވި އެއްބޭފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައެވެ. އެޓީމްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރި ފަރާތްތަކަށް، އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އެބައްދަލުވުމުގައި ބައިވެރިވި 3 މީހަކު އެކަން މިނޫހަށްވަނީ ކަށަވަރު ކޮށްދީފައެވެ.
މުހައްމާ އެހެން ވިދާޅުނުވިޔަސް، "ސަރުކާރަކުން" އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާނެ ގިނަކަންކަން އަމިއްލަގޮތުން އެއްޓީމެއްގެ ގޮތުގައި ވާދަކުރި "ރައްޔިތުންގެ ކެނޑިޑޭޓުން" ގެ ޓީމުން ކުރަމުން ދިޔަކަމީ ސިއްރެއް ނޫނެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާ "ބެހުމާއި"، ޕްރޮމޯޝަން "ބެހުން" ފަދަ ކަންކަން ދިޔައީ ވަރަށް ފުޅާކޮށް ކުރަމުންނެވެ. ގިނަބަޔަކު ބުނާގޮތުގައި، ކެމްޕެއިންތެރޭގައި ސަރުކާރުގެ ގިނަ ބާރުތަކެއްގެ ކޮންޓްރޯއޮތީ ދާއިރާގެ މަޖިލިސް މެންބަރާއި، ޕީއެންސީގެ ޓިކެޓްގައި ވާދަކުރި ކެނޑިޑޭޓުންގެ އަތަކުނޫނެވެ.
ހަމަ މިޔާއިއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އިހަވަންދޫއަށް ނިސްބަތްވާ ގިނަ ބޭފުޅުން ، މި އިންތިހާބުގައި މަސައްކަތް ކޮށްދެއްވީ ޕާޓީގެ ރަސްމީ ކެނޑިޑޭޓުންގެ ބަދަލުގައި އެހެން ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށެވެ. ސަރުކާރުން އަދި ސަރުކާރު ހިންގާ ޕާޓީއިން އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ކުރިތަން ނުފެނުނުތާނގައި އެފަރާތްތަކާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، ގިނަބަޔަކު އޭރުވެސް ބުނަމުން ދިޔައީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރުހުމާއި އެކު ހިނގާ ކަމެއްކަމުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމަލުފުޅު މިހެން ހުރިނަމަވެސް އަމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނުގެ ތާއީދު އޮންނާނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކަމަށެވެ.
އިހަވަންދޫ ކައުންސިލަށް އަދި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި އެއްވެސް ކެނޑިޑޭޓެއް އިންތިހާބުވެފައެއްނުވެއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސުލޫކީ މައްސަލައެއް، އެއްވެސް ފަރާތަކުން ޕީއެންސީގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅިކަމެއް އަދި ސާފެއްނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ޕީއެންސީ ކެނޑިޑޭޓުންގެ ޕޯސްޓަރަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފި
1 - އޭޕްރީލް - 2026
ހުސް ގޮނޑި ބަހައްޓައިގެން ޕީއެންސީއިން ޖަލްސާއެއް ބާއްވައިފި!
28 - މާރިޗު - 2026
އަޅުގަނޑު އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށްބުނެ ދައްކާވާހަކައަކީ ދޮގެއް – ރައްޒާން
28 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް