ކައުންސިލް އަދި އ.ތ.މ.ކ އަށް ޕީއެންސީން ކުރިމަތިލާ ފުލްޓީމް ހަމަކޮށްފި!
މުޙައްމަދު އަކުރަމް
29 - ޖެނުއަރީ - 2026
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) ޓިކެޓްގައި، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިހަވަންދޫ ކައުންސިލަށް އަދި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ހަމަކޮށްފިއެވެ.
ޕީއެންސީގެ ޓިކެޓްގައި އިހަވަންދޫ ކައުންސިލަށް ނުކުންނަނީ، މިހާރުވެސް ކައުންސިލަރުންގެ ގޮތުގައި ތިއްބެވި، 4 ކައުންސިލަރުން ކަމަށްވާ މުހައްމަދު އަރީބް، މުހައްމަދު ޒާހިރު ހަސަން، ފާތިމަތު ޝަނީޒާ އަދި ހަލީމަތު ސުމާގެ އިތުރުން، އަލީ ރައްޒާންއެވެ. އެޓީމްގެ ފަރާތުން އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމިތިލައްވާ އަލީ ރައްޒާން މިވަގުތު ހުންނެވީ އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ.
ޕީއެންސީއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ކުރިމަތިލަނީ އާމިނަތު ނުޒުހަތުއެވެ. އ.ތ.މ ކޮމިޓީގެ 4 މެމްބަރުންގެ މަޤާމަށް ވާދަކުރަނީ މުނީޒާ އާދަމް، މަރިޔަމް ޝަހީރާ، ޔަސްފާ އަހްމަދު އަދި ރުޤިއްޔަތު މުހައްމަދުއެވެ. ރުޤިއްޔަތު މުހައްމަދު އެޓީމަށް ނަގާފައިވަނީ، އެޓީމްގެ ފަރާތުން ކުރިން ކުރިމަތިލީ މަރިޔަމް ރިފްދާގެ ނަން އަނބުރާ ގެންދިއުމުންނެވެ.
ޕީއެންސީއިން ޕްރިއިމަރީއަކަށް އިއުލާންކުރިނަމަވެސް، ޕްރިއިމަރީއަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ޝަރުތު ހަމަވީ ކުރިމަތިލާންޖެހޭ އަދަދަށެވެ. އެހެންކަމުން އެޕާޓީއިން ޕްރައިމަރީއެއް ބާއްވާފައެއް ނުވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
ޕީއެންސީ
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!
26 - ޖެނުއަރީ - 2026
ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!
11 - ޖެނުއަރީ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
އިންތިހާބާ ދިމާކޮށް "ބެހި" ބައެއް ވަޒީފާ ތަކުގައި "ބުރަކި" ޖެހިއްޖެ!
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް