އިހަވަންދޫގައި އެފްއެސްއެމް އިން އެއްގަމު އުޅަނދުތަކަށް ތެޔޮ އަޅައިދޭ އަދަދު ލިމިޓްކޮށްފި!
ހއ. އިހަވަންދޫގައި ހުންނަ ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ޝެޑުން، އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ދުވާލަކު ތެޔޮ އަޅައިދޭނެ އަދަދު ކޮންޓްރޯލްކޮށް ލިމިޓެއް ކަނޑައަޅައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފްއެސްއެމް އިން މިހާރު ނިންމާފައިވަނީ އެއްގަމު އުޅަނދަކަށް ދުވާލަކު ތެޔޮ އަޅައިދޭނީ ގިނަވެގެން ދެ ފަހަރު ކަމަށެވެ. މި ބަދަލު ގެންނަން ޖެހުނީ ތެލުގެ އަގަށް އައި ބަދަލާއެކު ބައެއް ފަރާތްތަކުން އާދަޔާ ހިލާފަށް ތެޔޮ އަޅައި، އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާކަން ފާހަގަކުރެވުމާ ގުޅިގެންކަމަށް ބެލެވެއެވެ.
ފަހަކަށް އައިސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުކޮށްފައިވީ ނަމަވެސް، އެފްއެސްއެމް އިން އެއްގަމު އުޅަނދުތަކަށް ތެޔޮ ވިއްކަމުން ދަނީ ކަނޑު އުޅަނދުތަކަށް ވިއްކާ އަގަށްވުރެ ގާތްގަނޑަކަށް ދެގުނަ ހެޔޮ އަގެއްގައެވެ. އެގޮތުން، އިހަވަންދޫގައި އެކުންފުނިން އެއްގަމު އުޅަނދުތަކަށް ޕެޓްރޯލް ލީޓަރެއް 16.59 ރުފިޔާއަށް ވިއްކާއިރު، ޑީސަލް ލީޓަރެއް ވިއްކަމުން ދަނީ 18.24 ރުފިޔާއަށެވެ.
މި ބޮޑު ތަފާތުގެ ފައިދާ ނެގުމުގެ ގޮތުން، ބޮޑެތި ޓޭންކް ހުންނަ ބައެއް ސައިކަލްތަކުން އެއް ދުވަހެއްގެ ތެރޭގައި 10 ވަރަކަށް ފަހަރު ތެޔޮ އަޅާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ބައެއް ފަރާތްތަކުން އެއްގަމު އުޅަނދުތަކަށް ގިނަ އަދަދަކަށް ތެޔޮ އެޅުމަށްފަހު، އެ ތެޔޮ ނަގައިގެން ދޯނިފަހަރަށާއި ޑިންގީތަކަށް ސަޕްލައި ކުރާކަމަށްވެއެވެ.
އެފްއެސްއެމް އިން މިފަދަ ފިޔަވަޅެއް އެޅީ، ހެޔޮ އަގުގައި އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ނާޖާއިޒު ފައިދާ ވަކި ބަޔަކު ނެގުން ހުއްޓުވައި، ހަމަހަމަކަމާއެކު ޚިދުމަތް ދިނުމުގެ މަގުސަދުގައި ކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެފްއެސްއެމް އިން އަނެއްކާވެސް ތެލުގެ އަގު ބޮޑުތަނުން ހެޔޮކޮށްފި!
17 - ޖޫން - 2026
ކަނޑު އުޅަނދުތަކަށް ވިއްކާ ތެލުގެ އަގު އެފްއެސްއެމް އިން ހެޔޮކޮށްފި
13 - މޭ - 2026
މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެއޮކުރިއިރު، އާންމު އުޅަނދުތަކަށް އަނެއްކާވެސް އަގު ބޮޑު ކޮށްފި!
26 - އޭޕްރީލް - 2026
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
އެފް.އެސް.އެމް އިން ޕެޓްރޯލް ހުސްވެ އިހަވަންދޫގައި ޕެޓްރޯލްގެ އަގު 12.35 ރުފިޔާ ބޮޑުވެއްޖެ!
8 - އޭޕްރީލް - 2026
މަސްވެރިންނަށް ތެޔޮވިއްކާ އަގު އަނެއްކާވެސް ބޮޑުވެއްޖެ!
25 - މާރިޗު - 2026
އެސްޓީއޯއިން ދޮގުހެދުމުން މަސްވެރިންނާއި އާންމުންގެ ރުޅިވެރިކަން އިންތިހާއަށް!
18 - މާރިޗު - 2026
އުނބައްޖަހައި، އެސްޓީއޯ އިން ތެލުގެ އަގު ހެއޮކުރާނެކަމަށް ބުނެފި!
17 - މާރިޗު - 2026
އިހަވަންދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެފް.އެސް.އެމްގެ ހިދުމަތް ދޭން ފަށައިފި!
25 - ފެބްރުއަރީ - 2026
ތެލުގެ ވިޔަފާރިއަށް ދިހަހާސް އަކަފޫޓްގެ ބިމެއް އެސްޓީއޯ އަށް
18 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް