ތެލުގެ ވިޔަފާރިއަށް ދިހަހާސް އަކަފޫޓްގެ ބިމެއް އެސްޓީއޯ އަށް
މާލެއާއި އެއް އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް އިހަވަންދޫ ބަނދަރު ސަރަހައްދުން 10000 (ދިހަހާސް) އަކަފޫޓްގެ ބިމެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އަށް ދޫކޮށްފިއެވެ. އެބިން އެކުންފުންޏަށް ދޫކުރަން އިހަވަންދޫ ކައުންސިލުން ފާސްކޮށްފައިވަނީ، އެކުންފުނީގެ އެދިލެއްވުމަށެވެ.
މި ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ބިން ދޫކުރާނެ މުއްދަތާއި، އަދި ކުއްޔަކާއިމެދު މަޝްވަރާ ކުރާނީ އެގްރީމަންޓް ތައްޔާރުކުރުމުގެ މަރުހަލާގައި ކަމަށާއި އަދި ކަނޑައަޅާފައިވަނީ އެސްޓީއޯއަށް އެކަމަށް ދޫކުރާނެ ބިން ކަމަށެވެ. އެސްޓިއޯ އަށް ދޫކުރުމަށް ކަނޑައެޅި ބިން އޮންނަނީ، އައު އައިސްޕްލާންޓް އެޅުމަށް ދޫކުރި 3000 އަކަފޫޓް ބިމުގެ ދެކުނުންނެވެ.
އިހަވަންދޫގައި ދެ ފަރާތަކުން ތެލުގެ ވިޔަފާރި ކުރެއެވެ. ތެލުގެ ވިޔަފާރިކުރާ ތަންތަން މިވަގުތުހުރީ ލޭންޑް ޔޫސް ޕްލޭންގައި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ނުވުމާއި އެކު އެތަންތަން ރިލޮކޭޓްކުރުމަކީ ކައުންސިލްގެ ވިސްނުމެކެވެ. އެގޮތުން ލޭންޑް ޔޫސްޕްލޭނާއި އެއްގޮތަށް މިހާރުވަނީ އެއްބިން ތެލުގެ ވިޔަފާރިޔަށް ދޫކޮށްފައެވެ. 5372 އަކަފޫޓްގެ އެބިން ނަގާފައިވަނީ މިހާރުވެސް އިހަވަންދޫގައި ތެލުގެ ވިޔަފާރިކުރަމުންދާ ޕަވަރ ޒޯނުންނެވެ. އެބިން ޕަވަރ ޒޯނަށް ދޫކޮށްފައިވަނީ މަހަކު 11012.6ރ އަށް 20 އަހަރުގެ މުއްދަތަކަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ހިމެނެއެވެ. މިސެޓްއަޕް ރާއްޖޭގެ ކޮންމެ އަތޮޅަކުން ރަށެއްގައި ޤާއިމުކުރާނެއެވެ. މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުމަށް އަމާޒުކޮށްގެން ހިންގަ މިމަޝްރޫޢު، ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިމަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ކަނޑައަޅާފައިވެއެވެ. އިހަވަންދޫގާއި ފިއުލް ސްޓޯރޭޖް ފެސިލިޓީ ސެޓަޕް ގާއިމްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. އިހަވަންދޫއިން ތެޔޮ ލިބޭނެ މަގެއް ހަމަޖެއްސުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އެސްޓީއޯއިން ދޮގުހެދުމުން މަސްވެރިންނާއި އާންމުންގެ ރުޅިވެރިކަން އިންތިހާއަށް!
18 - މާރިޗު - 2026
އުނބައްޖަހައި، އެސްޓީއޯ އިން ތެލުގެ އަގު ހެއޮކުރާނެކަމަށް ބުނެފި!
17 - މާރިޗު - 2026
އިހަވަންދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެފް.އެސް.އެމްގެ ހިދުމަތް ދޭން ފަށައިފި!
25 - ފެބްރުއަރީ - 2026
ދަމާ ގާޑިޔަލުގައި އައިސް އުފުލުން ނިމުމަކަށް ގެނެސް، އިހަވަންދޫ ކައުންސިލްގެ ވައުދު ފުއްދައިފި
26 - އޮކްޓޯބަރު - 2025
އިހަވަންދޫ ހިމެނޭހެން، 21 ރަށެއްގައި ފިއުލް ސްޓޯރޭޖް ފެސިލިޓީ ސެޓަޕް ހަދަނީ
10 - ނޮވެމްބަރު - 2024
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް