އިހަވަންދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެފް.އެސް.އެމްގެ ހިދުމަތް ދޭން ފަށައިފި!
ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، ހއ. އިހަވަންދޫގައި ޤާއިމްކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ތެޔޮޝެޑުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މިކަން އިއުލާންކުރައްވައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއަދުން ފެށިގެން އިހަވަންދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެއްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
އިހަވަންދޫ އެފް.އެސް.އެމް ޝެޑުން ހިދުމަތް ދޭ ގަޑިތަކަށް ބަލާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން މެންދަމު 00:00 އަށް ހިދުމަތް ލިބޭނެއެވެ. ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން މެންދަމު 00:00 އަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ ބޮޑު މަޝްރޫޢު ރައީސް ޑރ. މުޢިއްޒު އިއުލާންކުރެއްވީ 2024 ނޮވެމްބަރު 7 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫޢުގެ ދަށުން އިހަވަންދޫގައި ފިއުލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކޮށް ނިންމުމަށް ކުރިން އަމާޒު ހިފާފައި އޮތީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށެވެ.
މި އިންތިޒާމާއެކު އިހަވަންދޫގެ މަސްވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އަދި އާންމު ރައްޔިތުންނަށް ތެޔޮ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެސްޓީއޯއިން ދޮގުހެދުމުން މަސްވެރިންނާއި އާންމުންގެ ރުޅިވެރިކަން އިންތިހާއަށް!
18 - މާރިޗު - 2026
އުނބައްޖަހައި، އެސްޓީއޯ އިން ތެލުގެ އަގު ހެއޮކުރާނެކަމަށް ބުނެފި!
17 - މާރިޗު - 2026
ތެލުގެ ވިޔަފާރިއަށް ދިހަހާސް އަކަފޫޓްގެ ބިމެއް އެސްޓީއޯ އަށް
18 - ޑިސެމްބަރު - 2024
އިހަވަންދޫ ހިމެނޭހެން، 21 ރަށެއްގައި ފިއުލް ސްޓޯރޭޖް ފެސިލިޓީ ސެޓަޕް ހަދަނީ
10 - ނޮވެމްބަރު - 2024
އެފްއެސްއެމް އިން އަނެއްކާވެސް ތެލުގެ އަގު ބޮޑުތަނުން ހެޔޮކޮށްފި!
17 - ޖޫން - 2026
އެސްޓީއޯއިން ފިޔާ ކިލޯއެއް 13ރ އަށް ލިބޭނެކަމުގެ ޔަޤީންކަން ދީފި
17 - ޖޫން - 2026
ކަނޑު އުޅަނދުތަކަށް ވިއްކާ ތެލުގެ އަގު އެފްއެސްއެމް އިން ހެޔޮކޮށްފި
13 - މޭ - 2026
މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެއޮކުރިއިރު، އާންމު އުޅަނދުތަކަށް އަނެއްކާވެސް އަގު ބޮޑު ކޮށްފި!
26 - އޭޕްރީލް - 2026
އިހަވަންދޫގައި އެފްއެސްއެމް އިން އެއްގަމު އުޅަނދުތަކަށް ތެޔޮ އަޅައިދޭ އަދަދު ލިމިޓްކޮށްފި!
20 - އޭޕްރީލް - 2026
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް