އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
އަޔާން
10 - އޭޕްރީލް - 2026
ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކާ ޑީސަލްގެ އަގު އިއްޔައިން ފެށިގެން އަނެއްކާވެސް ބޮޑުކޮށްފިއެވެ. އެގޮތުން އިހަވަންދޫގައި ހުންނަ އެފްއެސްމްގެ ފިއުލް ޝެޑުން، ކަނޑު އުޅަނދުފަހަރަށް އިއްޔައިން ފެށިގެން ޑީސަލް ވިއްކަނީ 30 ރުފިޔާ 72 ލާރިއަށެވެ.
މިއީ ލީޓަރަކުން 2 ރުފިޔާ 48 ލާރީގެ ބޮޑުވުމެކެވެ. މިއީ ފަހަކަށް އައިސް ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ޑީސަލްގެ އަގު އިހަވަންދޫގައި ހުންނަ އެފްއެސްމްގެ ފިއުލް ޝެޑުން ބޮޑުކުރި 3 ވަނަ ފަހަރެވެ. އިހަވަންދޫގެ ގިނަ މަސްވެރި އުޅަނދުތައް މަހައްފުރޭނެ ގޮތެއްނެތުމުން ފަޅުގައިހުރީ އަޅާފައެވެ. މަސްވެރިން ސަބްސިޑީ ރޭޓްގައި ތެޔޮ ހޯދުމަށް ދާންޖެހެނީ ފެލިވަރަށެވެ.
މި ބަދަލުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ހިންގުމުގެ ޚަރަދު މި ބަދަލާއެކު އިތުރުވެގެންދާނެއެވެ.
ކަނޑު އުޅަނދު ފަހަރަށް ޑީސަލް ވިއްކާ އަގު ބޮޑުކުރިނަމަވެސް އެއްގަމު އުޅަނދުފަހަރަށް ޑީސަލް ވިއްކާ އަގަށް އެފްއެސްއެމް އިން ބަދަލެއް ނުގެނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކަނޑު އުޅަނދުތަކަށް ވިއްކާ ތެލުގެ އަގު އެފްއެސްއެމް އިން ހެޔޮކޮށްފި
13 - މޭ - 2026
މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެއޮކުރިއިރު، އާންމު އުޅަނދުތަކަށް އަނެއްކާވެސް އަގު ބޮޑު ކޮށްފި!
26 - އޭޕްރީލް - 2026
އެފް.އެސް.އެމް އިން ޕެޓްރޯލް ހުސްވެ އިހަވަންދޫގައި ޕެޓްރޯލްގެ އަގު 12.35 ރުފިޔާ ބޮޑުވެއްޖެ!
8 - އޭޕްރީލް - 2026
މަސްވެރިންނަށް ތެޔޮވިއްކާ އަގު އަނެއްކާވެސް ބޮޑުވެއްޖެ!
25 - މާރިޗު - 2026
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
އިހަވަންދޫ ހިމެނޭހެން، 21 ރަށެއްގައި ފިއުލް ސްޓޯރޭޖް ފެސިލިޓީ ސެޓަޕް ހަދަނީ
10 - ނޮވެމްބަރު - 2024
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
ދިވެހި ފަޅުވެރިން ލިބުން ދަތިވެ "ނޯއާ" ދޯނިން މަލިކުން ފަޅުވެރިން ހޯދަނީ
19 - މޭ - 2023
ހިތް ހުއްޓި އިހަވަންދޫ މަރުވެދާނެ
5 - ޖޫން - 2022
މަސްވެރި އިހަވަންދޫ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓުރީ ކޮށްފި
12 - ޖޫން - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް