ޚަބަރު ކުޅިވަރު

ދަންމަރު ވެޓަރަންސް ކަޕްގެ ފައިނަލް މިރޭ..

ދަންމަރު ޔުނައިޓެޑުން ކުރިޔަށްގެންދާ ދަންމަރު ހޯރަ ވެޓަރަންސް ކަޕްގެ ފައިނަލް މިރޭ ކުޅޭނެއެވެ. މިރޭ 20:45 ގައި ފަށާ މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އެފްސީ ހުޅުގާ އަދި ގުގުރި އެފްސީއެވެ. 

އެފްސީ ހުޅުގާ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްގައި ޑިފެންޑިނގް ޗެމްޕިއަން ލެޖެންޑްސް 3-6 އިން ބަލިކޮށްގެންނެވެ. ގުގުރި އެފްސީ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ހޯރަ ޑައިނެސްޓީ 3-6 އިން ބަލިކޮށްގެންނެވެ. 

މިއީ ދަންމަރު ޔުނައިޓެޑުން މިމުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ލެޖެންޑްސްއެވެ. މިރޭގެ ފައިނަލް މެޗް މިނޫހުގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިއުބު ޗެނަލުން ލައިވް ކުރާނެއެވެ. 

 

މުޙައްމަދު އަކުރަމް