ޚަބަރު

ފައިނަލް މެޗްގައި އިހަވަންދޫއަށް ސަޕޯޓްކުރުމަށް ނައިވާދޫއަށް ދިއުމުގެ ފުރުސަތު

ފައިނަލް މެޗްގައި އިހަވަންދޫއަށް ސަޕޯޓްކުރުމަށް ނައިވާދޫއަށް ދިއުމުގެ ފުރުސަތު
Advertisement Advertisement

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނޯތް ޒޯން 1 ގެ ފައިނަލް މެޗްގައި މިރޭ އިހަވަންދޫ އަދި ނައިވާދޫ ބައްދަލުކުރާ މެޗް ބެލުމަށް ނައުވާދޫއަށް ދާންބޭނުންވާ އިހަވަންދޫގެ ސަޕޯޓަރުންނަށް އެފުރުސަތު އިހަވަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. 

މިރޭ 21:00 ގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗް ބެލުމަށް ނައިވާދޫއަށްދާން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 18:30 އަށް، އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ދިމާ ބަނދަރު ސަރަހައްދަށް ނުކުތުމަށް އިހަވަންދޫ ކައުންސިލުން އެދެއެވެ. އިހަވަންދޫ ސަޕޯޓަރުން ދަތުރުކުރުމަށް ހަމަޖައްސާފައިވަނީ އަސްދާން ދޯންޏެވެ. 

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، 18 އަހަރުން ދަށުގެ ދަރިވަރުންނަށް ދަތުރުކުރެވޭނީ ބެލެނިވެރިޔަކާއި އެކުއެވެ. 

މިމުބާރާތުގެ ފައިނަލަށް އިހަވަންދޫ ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމްގެ ގޮތުގައި 7 ޕޮއިންޓާއި އެކުއެވެ. ނައިވާދޫ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއުންޓާއި އެކުއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް