ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް އަންނައަހަރު ފެށޭނެ – ރައީސް
މިސަރަހައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް އަންނައަހަރު އިހަވަންދޫގައި ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ބޮޑުތިލަދުންމަތި ގުޅާލުމުގެ ބިޔަ މަޝްރޫއު ހއ. ދިއްދޫގައި އިފްތިތާހްކުރުމަށް ރޭބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިސަރަހައްދުގައި އެންމެ ދިރުންހުރި އެއް އިޤްތިސާދަކީ އިހަވަންދޫ ކަމަށާއި، އިހަވަންދޫއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ހައްލުކޮށްދޭންޖެހޭ ކަމުގައެވެ. އެދެކަންތައް ހައްލުކޮށްދިނުމުގެގޮތުން ހިންގޭ މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އަންނައަހަރު މިސަރަހައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް އިހަވަންދޫގައި ފެށޭނެކަމަށެވެ.
މިއަހަރުގެ ބަޖެޓްގައި، އިހަވަންދޫގައި މަސްރައްކާކުރާ ފެސިލިޓީއެއް ޤާއިމްކުރުމަށް 178065ރ ހިމަނާފައިވެއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ދަށުން ހިންގާ މިޕްރޮޖެކްޓްގެ މަސައްކަތްގޮސްފައިވާ ހިސާބެއް އަދި ސާފެއްނުވެއެވެ.
މަސްވެރިކަމަކީ އިހަވަންދޫގެ މައިގަނޑު ސިނާއަތެވެ. އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ މަސްވެރިން ބާނާ މަސްކޮޅު ފަސޭއިން ކިރުވޭނެގޮތެއް ނެތުމެވެ. އެގޮތުން އެންމެ ކައިރިންވެސް މަސްކިރުވުމަށް މަސްވެރިންނަށްޖެހެނީ ޅ. ފެލިވަރަށް ދާށެވެ. ފެލިވަރަށް ގޮސް އައުމަށް 400 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން ތެލަށްކުރަންޖެހޭ ހަރަދު ބޮޑުވެ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ދަށްވުމުގެ އިތުރުން މަސްވެރިން އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަން ލިބޭ ވަގުތު އެތައްތަނެއް ކުޑަވެއެވެ. އިހަވަންދޫގައި ފިޝް ކަލެކްޝަން ފެސިލިޓީއެއް ޤާއިމް ކޮށްފިނަމަ މަސްވެރިންނަށް ދިމާވެފައިވާ މިމައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.
އިހަވަންދޫގައި ފިޝްކަލެކްޝަން ފެސިލިޓީއެއް ޤާއިމްކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެފައިވާ ވައުދެކެވެ.
ހއ. އިހަވަންދޫ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ
ފިޝް ކަލެކްޝަން ފެސިލިޓީ
ގުޅުން ހުރެދާނެ ލިޔުން
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
މަސްގަންނަ ފެކްޓަރީ އަޅަން ފިޝަރީސް މިނިސްޓްރީއަށް ބިން ރަޖިސްޓްރީކޮށްދޭން އިހަވަންދޫ ކައުންސިލުން ދެކޮޅުހަދައިފި
17 - މޭ - 2023
އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް އިމާރާތްކުރުމަށް ބިމެއް ހޯދަނީ
14 - ޑިސެމްބަރު - 2022
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި
26 - މޭ - 2025
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް