ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ތެލުން ދޭ ސަބްސިޑީއަށް އެދުމާއި ސަބްސިޑީ ދޫކުރުމުގެ މުއާމަލާތްތައް ހިންގުމަށް ފިޝަރީޒް މިނިސްޓްރީގެ ފަހިޕޯޓަލްގައި ރެޖިސްޓްރީވުން ލާޒިމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ, މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމަށް ބަދަލުގެނައުމަށް ހަމަޖެހިފައިވާ ކަމަށާ، ތެލުން ދޭ ސަބްސިޑީ ހޯދަން އެދޭ ފަރާތްތަކުން މިހިނގާ ސެޕްޓެމްބަރު 15، ކުރިން ފަހިހަކަތަ ޕޯޓަލްގައި ރެޖިސްޓްރީކުރަންޖެހޭނެއެވެ. އެމިނިސްޓްރީއިން ބުނީ މިބަދަލު ގެންނަނީ އެނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައެވެ.
ސަބްސިޑީ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބެނީ މިފްކޯގެ ސެންޓަރުތަކުންނެވެ. މިފްކޯއަށް މަސް ކިރާ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 16.54ރ. އަށެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް