ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
އިހަވަންދޫގެ ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިމުމުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއިން ބުނެފިއެވެ. ފިޝަރީސް މިނިސްޓްރީއިން މިހެންބުނީ، އިހަވަންދޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ތާރީހަކާއި ބެހޭގޮތުން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ފިޝަރީސް މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި އިހަވަންދޫގެ ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ނިމި ފިޝަރީޒް ކޮމްޕްލެކުސް އެޅުމުގެ މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށް އެމިނިސްޓްރީއިން ބުންޏެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. މިދިޔަ 2025 ވަނަ އަހަރުގެ މެއި މަހު އެމް.ޓީ.ސީ.ސީއިން ކަޓަރ ސަކްޝަން ޑްރެޖަރެއް ބޭނުންކޮށްގެން ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ފުންކުރުމުގެ މަސައްކަތް ފެށިއެވެ.
މިމަޝްރޫއުގެ އީ.އައި.އޭގައި ވާގޮތުން، ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ފުންކުރުމަށްނަގާ ވެލިން އެމަޝްރޫއުއަށް އިތުރަށް ބޭނުންވާ ބިންހިއްކާނެއެވެ. ނަމަވެސް އެމް.ޓީ.ސީ.ސީއިން ބަނަދަރު ފުންކުރުމަށްނެގި ވެލި ބޭނުންކުރީ، އެކުންފުނިން ހިންގި އިހަވަންދޫ ބިންހިއްކުމުގެ މަސްރޫޢު ފުރިހަމަ ކުރުމަށެވެ. އެމް.ޓީ.ސީ.ސީއިން ހިއްކި ބިމުގައި ރިވެޓްމެންޓް ޖެހުމަށް ވެލި ނެގުމުގެ ސަބަބުން ހެދުނު ވަޅުގަނޑުތަކުގައި މަދިރި ފަނި އަޅައި އެވަޅުގަނޑުތަކުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެވަޅުގަނޑުތައް ފޮރުވައިލީ، ފިޝަރީސް ކޮމްޕްލެކްސްގެ ބަނދަރު ހެދުމަށް ކަމަށްބުނެ ، ކަޓަރ ސެކްޝަން ޑްރެޖަރ ބޭނުންކޮށްގެން ފަޅު ފުންކުރަން ނެގި ވެލި އަޅައިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުފުން ކުރުމުގައި އެމް.ޓީ.ސީ.ސީ އިން އަމަލުކުރަމުންދާ ގޮތުން އިހަވަންދޫގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް އިހަވަންދޫ ކައުންސިލުންވަނީ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.
އިހަވަންދޫގައި ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކުސްގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ މެއިމަހު ފެށޭނެ ކަމަށާ، އަމާޒަކީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމުންކަމަށެވެ.
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކުސްގެ މަޝްރޫޢު އަކީ އިހަވަންދޫގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އެމަޝްރޫޢުގެ އަގު 416 މިލިއަން ރުފިޔާއަށް އަރާއިރު، ފިޝްކަލެކްޝަން ފެސުލިޓީގެ ބަނަދަރަށް 58 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކު، އައިޑީބީގެ މާލީ އެހީތެރިކަމާއެކުއެވެ. މި މަޝްރޫއުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮފީސް އިމާރަތަކާއި އިންޖީނުގެއާއި ވެހިކަލް ވަރކްޝޮޕުގެ އިތުރުން ގުދަނެއް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 130 މީޓަރުގެ ދިގު އެއްގަމަށް މަގަތުފާލަމަކާއި 3 ޕޮއިންޓުން މަސްކިރޭ ގޮތަށް 3.5 މީޓަރުގެ ފުންމިނުގެ ބަނދަރެއްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.
ހއ. އިހަވަންދޫ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ
ފިޝް ކަލެކްޝަން ފެސިލިޓީ
ގުޅުން ހުރެދާނެ ލިޔުން
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
މަސްގަންނަ ފެކްޓަރީ އަޅަން ފިޝަރީސް މިނިސްޓްރީއަށް ބިން ރަޖިސްޓްރީކޮށްދޭން އިހަވަންދޫ ކައުންސިލުން ދެކޮޅުހަދައިފި
17 - މޭ - 2023
އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް އިމާރާތްކުރުމަށް ބިމެއް ހޯދަނީ
14 - ޑިސެމްބަރު - 2022
ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް އަންނައަހަރު ފެށޭނެ – ރައީސް
28 - ސެޕްޓެމްބަރު - 2022
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި
26 - މޭ - 2025
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް