ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
ހއ. އިހަވަންދޫގައި ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅައިފިއެވެ. ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅާފައިވަނީ މިއަދު ހަވީރު، އިހަވަންދޫ ހިއްކިބިން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ.
ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއުގެ ތެރޭގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ، އޮފީސް އިމާރާތް، އިންޖީނުގެ، ވެހިކަލް ވޯކްޝޮޕާއި ގުދަން، 130 މީޓަރުގެ މަގަތު ފާލަން އަދި ބަނދަރު ހިމެނޭނެއެވެ. މިއީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކާއި ގުޅިގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.
އިހަވަންދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އެމަސައްކަތް ނުފެށި ލަސްވާތީ މިނޫހުން ސުވާލުކުރުމުން، އެމްޓީސީސީއިން ބުނެފައިވަނީ މިހާތަނަށް ނިމިފައިވަނީ އެމަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް ކަމަށާއި މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި އަމަލީ މަސައްކަތް ފެށޭނެކަމުގައެވެ.
މަސްވެރިކަމަކީ އިހަވަންދޫގެ މައިގަނޑު ސިނާއަތެވެ. އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ މަސްވެރިން ބާނާ މަސްކޮޅު ފަސޭއިން ކިރުވޭނެގޮތެއް ނެތުމެވެ. އެގޮތުން އެންމެ ކައިރިންވެސް މަސްކިރުވުމަށް މަސްވެރިންނަށްޖެހެނީ ޅ. ފެލިވަރަށް ދާށެވެ. ފެލިވަރަށް ގޮސް އައުމަށް 400 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން ތެލަށްކުރަންޖެހޭ ހަރަދު ބޮޑުވެ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ދަށްވުމުގެ އިތުރުން މަސްވެރިން އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަން ލިބޭ ވަގުތު އެތައްތަނެއް ކުޑަވެއެވެ.
ހއ. އިހަވަންދޫ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ
ފިޝް ކަލެކްޝަން ފެސިލިޓީ
ގުޅުން ހުރެދާނެ ލިޔުން
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
މަސްގަންނަ ފެކްޓަރީ އަޅަން ފިޝަރީސް މިނިސްޓްރީއަށް ބިން ރަޖިސްޓްރީކޮށްދޭން އިހަވަންދޫ ކައުންސިލުން ދެކޮޅުހަދައިފި
17 - މޭ - 2023
އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް އިމާރާތްކުރުމަށް ބިމެއް ހޯދަނީ
14 - ޑިސެމްބަރު - 2022
ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް އަންނައަހަރު ފެށޭނެ – ރައީސް
28 - ސެޕްޓެމްބަރު - 2022
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި
26 - މޭ - 2025
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް