ޚަބަރު ކުޅިވަރު

ފެންވަރު ދައްކާލައި ޓީވީޓީ ގެ ޗެމްޕިއަންކަން ވެލޯރާ ހޯދިއިރު ޓީއެފްޓީގެ ޗެމްޕިއަނަކީ އައްޑަ ޖޭއާރު

ފެންވަރު ދައްކާލައި ޓީވީޓީ ގެ ޗެމްޕިއަންކަން ވެލޯރާ ހޯދިއިރު ޓީއެފްޓީގެ ޗެމްޕިއަނަކީ އައްޑަ ޖޭއާރު
Advertisement Advertisement

ހއ. މޮޅަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އަދި ވިންދު އެސޯސިއޭޝަން ގުޅިގެން މޮޅަދޫގައި ކުރިއަށްގެންދިޔަ "ޓާޓަލް ވޮލީ ޓޯނަމެންޓް" (ޓީވީޓީ) އަދި "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" (ޓީއެފްޓީ) ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތްތަކުގެ ޗެމްޕިއަންކަން ޓީމު ވެލޯރާ އަދި އައްޑަ ޖޭއާރު ހޯދައިފިއެވެ. ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި މި ދެ މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވަނީ އިއްޔެ އެވެ.

އިއްޔެ ހަވީރު ކުޅުނު "ޓާޓަލް ވޮލީ ޓޯނަމެންޓް" (ޓީވީޓީ) ގެ ފޯރިގަދަ ފައިނަލް މެޗުގައި ވެލޯރާ ވާދަކޮށްފައިވަނީ އެމްއެސްއާރް އާއެވެ. އެ މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށް، ޗެމްޕިއަން ތަށި އުފުލައިލީ ވެލޯރާއިންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ވެލޯރާއިން ވަނީ ސެމީ ފައިނަލާއި ފައިނަލް މެޗުގައި އެ ޓީމުގެ ހަޤީޤީ ފެންވަރު ދައްކާލައި، މޮޅު ކުޅުމެއް ދައްކާފައެވެ. 

މީގެއިތުރުން، ރޭ ކުޅުނު "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" (ޓީއެފްޓީ) ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައްޑަ ޖޭއާރުއެވެ. ގިނަ  ފައިނަލް މެޗުގައި އައްޑަ ޖޭއާރު ވާދަކުރީ އައްޑަ އެފްސީ އާއެވެ. ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އައްޑަ ޖޭއާރުން ކާމިޔާބުކުރީ 5-6 ގެ ނަތީޖާއަކުން އައްޑަ އެފްސީ ބަލިކުރުމަށްފަހުގައެވެ.

މޮޅަދޫގައި ކުރިއަށްދިޔަ މި ދެ މުބާރާތަކީވެސް އެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންދިޔަ، ވަރަށް ފޯރީގައި ކުރިއަށްދިޔަ ދެ މުބާރާތެވެ. ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ ވަނަތަކަށް ދިޔަ ޓީމުތަކަށާއި ވަކިވަކި ކުޅުންތެރިންނަށް ވަނީ ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް