ނޫރު މަދަހަ މުބާރާތުގެ ތިންވަނަ ސީޒަންގެ އެއްވަނަ ފާތިމަތު ތޫބާ ހޯދައިފި
ހއ. މޮޅަދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބޭއްވި "ނޫރު މަދަހަ މުބާރާތް" ސީޒަން 3 ގެ ފަޚުރުވެރި އެއްވަނަ ފާތިމަތު ތޫބާ ހޯދައިފިއެވެ.
މި މުބާރާތުގެ އެއްވަނަ ތޫބާ ހޯދާފައިވަނީ މުބާރާތުގެ ގަދަ 10 ބައިވެރިންގެ މެދުގައި ރޭ މޮޅަދޫ ސްކޫލްގައި ކުރިޔަށް ގެންދިޔަ ފައިނަލް ރައުންޑުގައި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެވެ. މުބާރާތުގެ އެއްވަނަ ހޯދި ތޫބާއަށް އިނާމެއްގެ ގޮތުގައި 6،000 ރުފިޔާގެ ފައިސާގެ އިނާމާއި އުމުރާ ދަތުރެއް ވަނީ ދީފައެވެ.
މި މުބާރާތުން ދެވަނަ ހޯދާފައިވަނީ ސަރާ އަހްމަދު ޖިނާހްއެވެ. އޭނާއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މުބާރާތުން ތިންވަނަ ހޯދި ހައްވާ ޝިއުފާ ހުސައިންއަށް ވަނީ 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މޮޅަދޫ ސްކޫލްގައި ރޭ ބޭއްވި މި މުބާރާތުގެ ފައިނަލް ރައުންޑް އަދި ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހއ. މުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ސިނާންއެވެ. މިއީ މި މުބާރާތް ބޭއްވި ތިންވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 34 ބައިވެރިން ބައިވެރިވެފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ނޫރު މަދަހަ މުބާރާތުގެ 3 ވަނަ ސީޒަން ފަށައިފި
2 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
6 - ފެބްރުއަރީ - 2026
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ނިޝާމް އަށް!
11 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ފައިނަލް ރައުންޑްގައި ގެސްޓް ޖަޖެއްގެ ގޮތުގައި ޝަލަބީ ބައިވެރިވަނީ!
9 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ގަދަ 12 ހޮވައިފި، ފައިނަލް ރައުންޑް އަންނަ ހޯމަ ދުވަހުގެރޭ!
7 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަން އަންނަމަހު 5 ގައި ފަށަނީ!
23 - ފެބްރުއަރީ - 2025
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ހަސަން ޝިޔާމް އަށް
30 - މާރިޗު - 2024
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި!
9 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް