އަބުދުﷲ ޙުސައިން ފެނަކަ އިހަވަންދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރުކަމަށް

މުޙައްމަދު އަކުރަމް

ހއ. އަތޮޅު ކައުންސިލްގެ މިދިޔަ ދައުރުގެ ރައީސް އަބުދުﷲ ހުސައިން އަށް ފެނަކަ ހއ. އިހަވަންދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރުކަމުގެ ވަޒީފާދެއްވައިފިއެވެ.

އަބުދުﷲ ޙުސައިން އަކީ ލާމަރުކަޒީ އުސޫލުން އިދާރާ ދާއިރާތަށް ހިންގަން ފެށިފަހުން 3 ދައުރެއްގައި ހއ އަތޮ ކައުންސިލްގެ މެމްބަރުކަމާއި ރައީސްކަން ކުރަށްވާފައިވާ ބޭފުޅެކެވެ. ކައުންސިލަށް ވާދަކުރެއްވި ކޮންމެ ފަހަރަކުވެސް އިންތިހާބުވެފައިވަނީ ބޮޑު އަގްލަބިއްޔަތަކުންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވުނު ކައުންސިލް އިންތިހާބުގައި އެބޭފުޅާ ވާދަކުރައްވާފައެއް ނުވެއެވެ.