އުލިގަމުގެ އިންތިހާބީ ކައުންސިލް ހުވާކުރައްވައިފި
ޢަބުދުﷲ ޙަމީދު
17 - މޭ - 2021
ހއ. އުލިގަން ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުން ހުވާކުރައްވައިފިއެވެ.
މިއަދު ހެނދުނު 11:00 ގައި ހއ. އުލިގަމު އިޖުތިމާއީ ހިޔާގެ ހޯލުގައި ބޭއްވި ދަރުބާރުގައި އުލިގަމު ކައުންސިލަށް އިންތިހާބު ވެފައިވާ 5 މެމްބަރުން ހުވާކުރެއްވުމާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އިންތިހާބުވެފައިވާ 5 މެމްބަރުން އިޤުރާރު ގައި ސޮއިކޮށްފައި ވެއެވެ.
އިންތިހާބީ ކައުންސިލަރުންނަށް ހުވާލައިދެއްވީ ހއ. ހޯރަފުށީ މެޖިސްޓުރޭޓު ކޯޓުގެ އިސްމެޖިސްޓުރޭޓު އަލްފާޟިލް މުޙައްމަދު ޝަރީފު އެވެ. ހުވާލައިދެއްވާފައި ވަނީ އޮންލައިންކޮށްނެވެ. ކައުންސިލަރުން ވަނީ ހުވާކުރެއްވުމަށްފަހު ހުވާގެ އިޤުރާރުގައި ސޮއި ކުރައްވާފައެވެ.
ހއ. އުލިގަމް ކައުންސިލަށް އިންތިހާބު ވެފައި ވަނީ
ކައުންސިލްގެ ރައީސް: އަޙްމަދު މުޢާޛު މުޙައްމަދު ބަހާރުގެ / ހއ. އުލިގަން
ކައުންސިލް މެމްބަރ:
އަސަދުالله މުޙައްމަދު ނޫރާނީވިލާ / ހއ. އުލިގަން
އަޙްމަދު އަބޫބަކުރު ނޫކޮކާގެ / ހއ. އުލިގަން
ސުދާ ޢަދުނާނު އޮލިމްޕިޔާ / ހއ. އުލިގަން
ފާޠިމަތު ރިޒުނީ ޢަދުނާން އާސްމާނުގެ / ހއ. އުލިގަން
ގުޅުން ހުރެދާނެ ލިޔުން
މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ވާދަކުރަނީ
27 - ޑިސެމްބަރު - 2023
އާރުޑީސީ އުލިގަން ސައިޓަށް 50 މުވައްޒަފުން ހޯދަނީ!
15 - މާރިޗު - 2026
އުލިގަމު ސްކޫލްގެ މަލްޓި-ޕާޕަސް ހޯލާއި ސްޓާފް ރޫމްގެ މަސައްކަތް އާރުޑީސީއަށް
5 - ފެބްރުއަރީ - 2026
އުލިގަމު މަގު ހެދުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފި
10 - ޖެނުއަރީ - 2026
އުލިގަމުގައި ފުޓްސަލް ދަނޑެއް، ހޯރަފުށީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް ޒެބޮކްއަށް
28 - އޮކްޓޯބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
ހޯރަފުށީގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް، އުލިގަމާއި މާރަންދޫއަށް ފުޓްސަލް ދަނޑެއް ތަރައްޤީކުރަން ބީލަން ހުޅުވާލައިފި!
12 - އޮގަސްޓު - 2025
ބޮޑު ފަރަގަކުން އުލިގަމު ބަލިކޮށް އިހަވަންދޫ އިތުބާރު ބޮޑުކޮށްފި
6 - ނޮވެމްބަރު - 2024
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް