ބޮޑު ފަރަގަކުން އުލިގަމު ބަލިކޮށް އިހަވަންދޫ އިތުބާރު ބޮޑުކޮށްފި
މުޙައްމަދު އަކުރަމް
6 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގައި، އިހަވަންދޫ ޓީމް ކުޅުނު ދެވަނަ މެޗްގައި ބޮޑު ތަފާތަކުން އުލިގަމު ބަލިކޮށްފިއެވެ. މިމެޗުން އިހަވަންދޫ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.
ކެލޭ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 21، އިބްރާހިމް ޝިފާޒްއެވެ. މިމެޗްގައި އިހަވަންދޫ ޓީމްގެ ސާޖިދު އަދި ޝިފާޒް ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ޖެހިއިރު، ހާމިދު އަދި މަދީހްވެސް ގޯލެއް ޖެހިއެވެ.
މިމުބާރާތުގައި އިހަވަންދޫ ކުޅޭ 3 ވަނަ މެޗްގައި ނުކުންނާނީ ތުރާކުނާ ދެކޮޅަށެވެ. އެ މެޗް ކުޅޭނީ މާދަމާ ރޭ 20:00 ގައެވެ. އިހަވަންދޫ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ނުކުންނާނީ މުބާރާތް ބާއްވާ ކެލަޔާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ. އިހަވަންދޫ ޓީމަށް ބާކީ 2 މެޗް އޮތްއިރު، 1 މެޗުން މޮޅުވެގެން ސެމީފައިނަލް ކަށަވަރުވާނެއެވެ.
މިމުބާރާތުގައި އިހަވަންދޫ ހިމެނެނީ ގްރޫޕް 2 ގައެވެ. އެ ގުރޫޕްގައި ހިމެނެނީ ތުރާކުނު، އުތީމް، އުލިގަން، ކެލާ އަދި އިހަވަންދޫއެވެ. ޖުމުލަ 10 ޓީމެއް ބައިވެރިވެފައިވާ މިމުބާރާތް ކުރިޔަށްދާނީ މިމަހުގެ 11 އާއި ހަމަޔަށެވެ. މިމުބާރާތް ކުރިޔަށްދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 3 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރު ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
އުތީމު ބަލިކޮށް އިހަވަންދޫ ޗެރިޓީ ޝީލްޑް ހިއްލާލައިފި
3 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024 - އިހަވަންދޫ ފައިނަލަށް
9 - ނޮވެމްބަރު - 2024
މަދީހްއަށް މިރޭ ކުޅެވޭނެ – އެސިސްޓެންޓް ކޯޗް ހަމްމާޒް
9 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް