ޚަބަރު

އެރިސް ޑެކަރ ޕޯލްސްޓަރ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގަބީލާއަށް

ކުލަބް ޕޯލްސްޓަރ އިން އިންތިޒާމް ކޮށްގެން ބޭއްވި އެރިސްޑެކަރ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގަބީލާ ޓީމު ހޯދާފިއެވެ.

ގަބީލާ ޓީމު ޗެމްޕިއަންކަން ހޯދާފައި ވަނީ ރޭ 8:00 ގައި މިމުބާރާތުގެ ފައިނަލްގައި އެންވީކޭއާ ވާދަކޮށް ސީދާ 3 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗުގެ ސެޓުތައް ގަބީލާ ޓީމުން ގެންގޮސްފައި ވަނީ 25 - 16 ، 25 - 22 އަދި 25 - 15 އިން ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަބީލާ ޓީމުގެ ޖޯޒީ ނަމްބަރު 02 މަރިޔަމް އަޒީފާއެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓްރޮފީގެ އިތުރުން ހަނދާނީލިޔުން ވަނީ ހަވާލު ކޮށްފައެވެ. ފައިނަލް މެޗުގެ ޝަރަފްވެރި ކޮށްދެއްވާފައިވަނީ އިހަވަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދެވެ. މި މުބާރާޓުގެ ޗެމްޕިއަން ކަން ހޯދި ގަބީލާ ޓީމަށް 17000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މުބާރާތުގެ ރަނަރަޕް ހޯދީ އެމްވީކޭ ޓީމަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން:

އައިޝަތު ރިޝްފާ -  ގަބީލާ

މަރިޔަމް އަޒީފާ  - ގަބީލާ

ހައްވާ ރާޝިދާ - އެންވީކޭ

އައިމިނަތު އަރީޝާ - ގަބީލާ

އައިމިނަތު ޝަހާ ޝާމިން - އެންވީކޭ

ފާތިމަތު ޠަހޫރާ - ގަބީލާ

ޢަބުދުﷲ ޙަމީދު