ރިއަލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއެއް ސްޕައިނުގެ ސްކޮޑުގައި ނެތް
ސައުދުﷲ އަޙުމަދު
25 - މޭ - 2021
ފެށޭ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމުގައިވާ ޔޫރޯއަށް ސްޕައިނުން ނެގި 24 ކުޅުންތެރިންގެ ތެރޭގައި ލަލީގާ އަދި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ރިއަލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއެއް ނުހިމަނާ ސްކޮޑް އިޢުލާނު ކޮށްފިއެވެ. އެ ގޮތުން ސްޕައިގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ވަނީ ސްކޮޑުން ބާކީވެފައެވެ. ރާމޯސް ސްކޮޑުން ބާކީވާން ދިމާވި މައިގަނޑު ސަބަބަކީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ލީގުގެ ގިނަ މެޗްތައް ގެއްލުމެވެ. ރާމޯސް މި ސީޒަނުގައި ރިއަލްއަށް ކުޅެދީފައިވަނީ އެންމެ 7 މެޗެވެ.
ރާމޯސްއާއި އެކު ކުރިން ސްޕައިންގެ ޓީމަށް މުހިއްމު މެޗްތަކެއް ކުޅެދީފައިވާ އަދި ސަޕޯޓަރުންގެ މެދުގައި މަޤުބޫލު ބައެއް ކުޅުންތެރިން ކަމުގައިވާ އިސްކޯ،ނާޗޯ އަދި އެސެންސިއޯ ފަދަ ކުޅުންތެރިންވެސް ވަނީ ސްކޮޑުން ބާކީވެފައެވެ.
ސްކޮޑް ޢިއުލާނު ކުރުމާއިއެކު ސްޕެއިންގެ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް ކޯޗް އެންރީކޭއަށް ވަނީ ކުރިމަތިވެފައެވެ. ގިނަ ސަޕޯޓަރުންގެ ޝަކުވާ ކުރިމަތިވެފައިވަނީ ރާމޯސް ބާކީކޮށް ފޯމް ގެއްލިފައިވާ ބައެއް ކުޅުންތެރިން ސްކޮޑަށް ނަގައިފައިވާ މައްސަލާގައެވެ. އެގޮތުން އިންގުލޭންޑުގެ ވޫލްސްއަށް ކުޅެމުން އަންނަ ބިޔަ ވިންގާރ އަޑަމާ ޓަރޯރޭ މި ސީޒަނުގައި ތަފާތު ނޫންކަމަށް ގިނަ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.އަދި ސްކޮޑުގައި 26 ކުޅުންތެރިން ހިމެނިދާނެކަމަށް ޔޫއެފާއިން ނިންމާފައި ވަނިކކޮށް 24 ކުޅުންތެރިން ނެގުމަކީވެސް ހެދި ގޯހެއްކަމަށް ގިނަ ސަޕޯޓަރުންނާއި ޕަންޑިތުން ދަނީ ބުނަމުންނެވެ.
މިއީ ފަހުގެ ތާރީހެއްގައި ރިއަލް މެޑްރިޑްގެ ކުޅުންތެރިން ނެތި ސްޕައިނު ފެނިގެން ދާނެ ފުރަތަމަ މުބާރާތެވެ.
ގުޅުން ހުރެދާނެ ލިޔުން
ފުރާންސް : ސްކޮޑު ފެނިފަވެސް ވާދަވެރިން ބިރުގަންނަހާވޭ
26 - މޭ - 2021
އިންގުލޭންޑް: ތަރިންގެ ސްކޮޑެއް
25 - މޭ - 2021
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
މިއަދުން ފެށިގެން ފަޅުތެރޭގައި ފައިބަރގްލާސްއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުން މަނާ!
1 - ޖޫން - 2024
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
އިހަވަންދޫ ކައުންސިލަށް އެއްވެސް އެއްޗެއް ގަނެވޭނެ ގޮތެއްނެތް – ސޮބާހް
1 - މާރިޗު - 2023
ތަކަންދޫން ބުނަނީ ޖެޓީ އަޅަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް
28 - ސެޕްޓެމްބަރު - 2020
ކާވިޔާ ބޯޓުން ދަތުރުކުރި އެއްވެސް މީހަކާ ބައްދަލުވެފައިވާ މީހެއް ހުރިނަމަ އެކަހެރި ވުމަށް އަނގައިފި
19 - އޭޕްރީލް - 2020
އިހަވަންދޫ އަށް ކަނޑައެޅި 15.57 މިލިއަން ރުފިޔާއިން އަހަރު ނިމޭއިރު އެއްވެސް މަސައްކަތެއް ނުކުރޭ
21 - ނޮވެމްބަރު - 2017
ގައިން ދިލަނަގާތީ ފެނަށްއެރި އޮންނަ ކުއްޖެއްގެ ވާހަކަ!
19 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް