ގެވެށި އަނިޔާއާ ދެކޮޅަށް ޔޫތުންވެސް ނުކުންނަނީ..
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ފާރާތުން ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ ޤައުމީ 'ގެވެށި ގުޅުން' ކެމްޕެއިންގައި ޔުނައިޓެޑް ޔޫތުން ބައިވެރިވާން ނިންމާފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ގޮތުން އެ ހަރަކާތާ ގުޅުމުގެ ގޮތުން ކުރިއަށް އޮތް އިހަވަން ކަޕް 2020 ގައި ޔުނައިޓެޑް ޔޫތުން ބޭނުންކުރާ ޖާޒީގެ އަތުކުރީގައި "ގެވެށި ގުޅުން" ނިޝާން ހިމަނާފައިވާނެކަމަށް އެ ޕޯސްޓުގައ ބުނެފައިވެއެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ޔޫތުގެ އިސް އޮފިޝަލަކު ބުނީ، ގެވެށި އަނިޔާއަކީ މިއަދު ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެކަމާ ދެކޮޅަށް އެންމެންވެސް ތެދުވެ މުޖްތަމަޢު ހޭލުންތެރި ކުރަން ޖެހޭ ކަމަށެވެ. އަދި މި ކެމްޕެއިންގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ޔޫތުގެ އޮފިޝަލް ގޮވާލެއްވިއެވެ.
މި ޤައުމީ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި މި ކެމްޕެއިން ގެ ލޯގޯ އާއި ޝިއާރު ބޭނުން ކުރުމަށް ދާދި ފަހުން ސަރުކާރުން ވެސް ވަނީ ނިންމަވާފައެވެ.
އިހަވަންދޫ ޔުނައިޓެޑް ޔޫތަކީ ފުޓްބޯޅައިގެ އިތުރުން ރަށުގައި ހިންގޭ އިޖްތިމާއީ އެކި އެކި ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވަމުން އަންނަ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ޔުނައިޓެޑް ޔޫތަށް ތާރީޚީ ކާމިޔާބީ: ފުރަތަމަ ފަހަރަށް ވޮލީ މުބާރާތެއްގެ ތަށި ހިއްލާލައިފި!
7 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް 2022 ގެ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން ބޮޑެތި ފިޔަވަޅުތަކެެއް އަޅަން ނިންމައިފި!
16 - ނޮވެމްބަރު - 2022
އެންވީކޭ އިން 4 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
12 - ނޮވެމްބަރު - 2022
ކައުންސިލް ކަޕްގެ ފައިނަލް މިރޭ ބައްދަލުކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތް
12 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް (ޔުނައިޓެޑް ޔޫތް vs ކްލަބް އިރަމާ)
7 - ނޮވެމްބަރު - 2022
އިރުމަތީ އަވަށު ޒުވާނުންގެ އިސްނެގުމާއެކު ހުރަވީ ދަނޑުގައި ޓާފު އަޅަނީ
5 - ޖެނުއަރީ - 2021
ޔުނައިޓެޑް ޔޫތުން ފުޓްބޯޅަ އެކެޑަމީއެއް ފަށަނީ
29 - ޑިސެމްބަރު - 2020
ވާދަވެރިން ސިއްސުވާލުމަށް ފަހު ބިއްޑެ ޔޫތަށް!
4 - ޑިސެމްބަރު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް