އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުން
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިދިކޮޅު ކޯލިޝަންގެފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރަން ޖެހޭ
އެއްވެސް ސަބަބެއް ފެންނާން ނެތްއިރު، އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް ކުރެވެމުންދާ
މަސައްކަތާއިމެދު ކޯލިޝަން ގެ ކަންބޮޑުވުން އޮތް ކަމަށެވެ.
ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ދިވެހިރާއްޖޭގެ ވަކި ސަރަޙައްދެއްގައި ޤާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ކޯލިޝަނަށް ޤަބޫލު ކުރެވޭ ކަމަށް ނޫސްބަޔާނުގައި ވެއެވެ. ޢާންމު ގޮތެއްގައި
އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ ރާއްޖޭގެ ވެރިރަށް މާލޭގައި ޤާއިމު ކުރެވިފައިވާ އިންޑިއާގެ ހައިކޮމިޝަން ގެ އިތުރުން، އިތުރު އެހެން ސަރަޙައްދެއްގައި އެޤައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާން ނެތް އިރު، މިފަދަ ޙައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް ސިޓީގައި ޤާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުން ޢަމަލު ކުރަމުން ގެންދާ ގޮތާ މެދު ކޯލިޝަނުން ކަންބޮޑުވާކަން ހާމަކުރަމުން އެފަދަ ނިންމުމެއް ނިންމަންވާނީ، އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެއްގައި ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ކޯލިޝަނުން ގަބޫލު ކުރާ ކަމަށް ބަޔާނުގައި ވެއެވެ.
މިފަހަކަށް އައިސް އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމުކުރުމަށް ދިވެހި ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ނުހަނު ބޮޑަށް
ފާޅުކުރަމުން ގެންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމުގެ ވާހަކަވެސް ޢާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން މިއައީ އެކަން ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫންކަމަށް ފާހަގަ ކުރައްވާ، އިދިކޮޅު ކޯލިޝަނުން ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. ކޯލިޝަންގެ ބަޔާނުގައި ވަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ޖާގަ ނުދިނުމަށް ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް