އިއްޔަ މިމަހުގެ ކަށިހެރުނު މީހެއްގެ އާއިލާގެ ފަރާތުން މަޢުލޫމާތު ފަރާތަކުން ހާމަކުރިގޮތުގައި އެގޭ ކުއްޖެއްގެ އަތަށް މަހުގެ ކަށިހެރިފައިވަނީ މުށިމަސް ބާނަން އުޅެނިކޮށް އެމަސް ގަތުމުން މަސްނެއްޓުމަށް އުޅުމުގެ ތެރޭގައި ކަމަށެވެ. ކަށި ހެރުމާއި އެކު އަތުގައި ރިއްސުމާއި އެކު އަތުން ލޭމަނާނުވުމުގެ ސަބަބުން ސިއްހީމަރުކަޒަށްގޮސް ތަދުކަނަޑުވާ އިންޖެކުޝަނާއި ވިހައަށް އިންޖެކުޝަން ޖަހާފައި ވާކަމަށެވެ. ނަމަވެސް އަދިވެސް މިއަދުވެސް އެމީހުން އުޅެނީ އަތުގައި ރިއްސާ، ވޭން އަޅާތީކަމަށް އޭނާ ކިޔާދިނެވެ. މަހުގެ ކަށިހެރުނު މީހުންނާއި ހަވާލާދީ އިހަވަންދޫޑޮޓްކޮމް އަށް މަޢުލޫމާތު ދިން މީހަކު ހާމަކޮށްފައިވަނީ މިމަހަކީ ފަންހާމަހާއި ގާވިޔާ މަހަށްވުރެ ވިހަގަދަ މަހެއް ކަމަށެވެ.
އިއްޔަ މިމަސްބެވުނުމީހުން ފަހުން ވަނީ ބޮއްކުރާއަށް މަސް ނުނަގާ ކަންވާރުކަނޑާލައި މޫދައް ދޫކޮށްފައި ކަމަށް އިހަވަންދޫޑޮޓްކޮމް އަށް ވަނީ އެނގިފައެވެ.



