ޑެންގީހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
މިދުވަސްވަރު އިހަވަންދޫގައި ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް އާމިނާދިޔޯ ސިއްޙީމަރުކަޒުން އިލްތިމާސްކޮށްފިއެވެ.
އާމިނާދިޔޯ ސިއްޙިމަރުކަޒުން މައުލޫމާތުދިން ގޮތުގައި ޖޫންމަހުން ފެށިގެން މިހާތަނަށް 5 މީހަކަށް ޑެންގީހުން ޖެހިފައިވެއެވެ. މޫސުމީގޮތުން މިއީ ޑެންގީހުން ފަތުރާ އީޑީސް މަދިރި އާލާވުމުގެ ފުރުސަތު ބޮޑު ދުވަސްވަރަކަށްވާތީ ތިމާ އުޅޭ މާހައުލުގައި ފެންހަރުލާ ޒާތުގެ އެއްޗެއް ނެތްކަން ޔަޤީން ކުރުމާއި ޑެންގީ ހުމުން ރައްކާވެ ތިބުމަށް އީޑީސް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް، އަލްފާޟިލް މުޙައްމަދު އަކުރަމް މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މަދިރި އުފެދޭތަންތަން ނައްތާލުމުގައި ފަރުދީގޮތުން ކުރެވިދާނެ ކަންކަން ވަރަށްގިނަކަމަށާއި މަދިރި އުފެދޭކަހަލަ ކުނިތައް ސާފުކޮށް، ވާރޭވެހުނީމަ ފެންހަރުލާ ތަކެތީގައި ފެންހަރުލާފައި ނުހުންނާނޭކަން ޔަޤީންކުރުމަށް، ތިމާ އުޅޭ ގެޔާއި، ފަޅުކޮށްފައި ބަހައްޓާފައިހުރި ގެޔާއި ހަދަމުންދާގެ ބެލުންމުހިންމު ކަމަށެވެ. އަދި އެފަދަ އެއްވެސްތަނެއް ހުރިނަމަ، ފެންހަރުނުލާނެ ގޮތަކަށް އެތަކެތިހައްދަވައިދެއްވުމަށް އަކުރަމް އެދިލެއްވިއެވެ. ނާއްޓެއްގެ ތެރެއަށް އެޅިފައިހުރި ކުޑަ ފެންފޮދަކުން އަލާވާ މަދިރިންވެސް އެތައްބަޔަކަށް މިބަލި ޖައްސަފާނެ ކަން ފާހަގަ ކުރައްވާ އެއްވެސް ކަމަކީ ކުޑަކަމެއްކަމަށް ދެކިގެންނުވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.
2016 ވަނައަހަރު އިހަވަންދޫގައިވަނީ ޑެންގީހުމުގެ އެޕިޑަމިކެއް ފެތުރިފައެވެ. އެފަހަރުގެ އެޕިޑަމިކްގައި އިހަވަންދޫއިން 90 އަށްވުރެގިނަ މީހުންނަށް ޑެންގީހުންޖެހުނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
29 - އޮކްޓޯބަރު - 2023
ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް