ކޭއާރުއެޗްގައި ކަކުލު ހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ފަށަނީ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިއަދު އާންމު ކޮށްފައިވާ ވީޑިއޯއެއްގައި މަޢުލޫމާތު ހިއްސާކުރައްވަމުން، ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަޙްމަދު ދާވޫދު ވިދާޅުވީ މި ޚިދުމަތަކީ ކޭ.އާރު.އެޗް ގެ ކްލިނިކަލް ސާރވިސަސް ޑިވިޝަނުން އިސްނަންގަވައިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ އޮތޮޕޭޑިޝަން ޑރ. އާޒިމްގެ އެހީތެރިކަމާއިއެކު ކުރިޔަށް ގެންދެވޭ ހިދުމަތެއް ކަމުގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 2019 ވަނަ އަހަރުވެސް މިފަދަ ހިދުމަތެއް ފޯރުކޮށްދީފައިވާކަން ފާހަގަ ކުރައްވަމުން އެ ހޮސްޕިޓަލުން ކަށީގެ ބޮޑެތި އޮޕަރޭޝަން ތަކެއް ކައިރި މުސްތަޤްބަލެއްގައި ކުރެވިގެން ދިޔުމަކީ އުއްމީދެއްކަމުގައި އަޙްމަދު ދާވޫދު ވިދާޅުވިއެވެ.
ކޭއާރުއެޗްއިން ވިދާޅުވީ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކުގެ އިތުރަށް، ޑރ. އާޒިމް ކުޅުދުއްފުށި ސިޓީގައި ހުންނަވާ ދުވަސްވަރު، އޯ.ޕީ.ޑީ ގައި ހަފްތާގެ ބައެއް ދުވަސްތަކުގައި ބައްލަވާނެ ކަމަށެވެ. އޮޕަރޭޝަންތަކަށް ކޭއާރުއެޗް ގައި ވެއިޓްލިސްޓު ކޮށްފައިވާ ބަލިމީހުންނަށް އިސްކަންދީގެން ހަފުތާއަކު 4 ދުވަހު އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ޑރ. އާޒިމް ވިދާޅުވިއެވެ. މިހިނގާ އޯގަސްޓު މަހުގެ ނިޔަލަށް ޑރ. އާޒިމް ކޭއާރު އެޗްގައި މަސައްކަތް ކުރައްވާނެ ކަމަށް ޑރ. އާޒިމް ވިދާޅުވިއެވެ އަދި މިދުވަސްތަކުގައި އޯޕީޑީގައި ބައްލަވާ ބަލިމީހުންގެ ކަށީގެ އެހެނިހެން އޮޕަރޭޝަންތައް ކުރަންޖެހޭ މީހުންގެ އޮޕަރޭޝަންތައް ކޭއާރުއެޗްން ވަސީލަތްތައް ލިބެން ހުރި މިންވަރަކުން ކުރާނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފި
22 - ޖެނުއަރީ - 2022
ތިން މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށިސިޓީ މޮނިޓަރިންއަށް
2 - މޭ - 2021
ކޭއާރުއެޗްއިން އެންޓު ކިއު ސިސްޓަމް ބޭނުންކުރަން ފަށައިފި
28 - މާރިޗު - 2021
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކުޅުދުއްފުށިން ނެގި ސާމްޕަލްތައް ނެގަޓިވް
26 - މާރިޗު - 2021
ކޭއާރުއެޗް އިން އެޕޮއިންޓްމަންޓް ހެއްދުމަށް މޯބައިލް އެޕެއް ތައްޔާރު ކުރަނީ
25 - ޖެނުއަރީ - 2021
ގުރުދާ ބައްޔަށް ހާއްސަ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް ކޭއާރުއެޗަށް
31 - ޑިސެމްބަރު - 2020
ކޭއާރުއެޗްގައި ސްޕީޗް ތެރަޕީ ޑިޕާޓުމަންޓުން ކޭމްޕެއް ބާއްވަނީ
25 - ނޮވެމްބަރު - 2020
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން، އިހަވަންދޫގައި ބަލިމީހުން ބަލަނީ
10 - އޮކްޓޯބަރު - 2019
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ސުޕަސްޕެޝަލިސްޓު ޑޮކުޓަރުންނަށް ދެއްކުމަށް ހާއްސަ ފުރުސަތެއް
8 - އޮގަސްޓު - 2018
އިހަވަންދޫގައި ވޮލީއަށް ހާއްސަ ފުރަތަމަ އެކަޑަމީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި...
24 - މޭ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް