އިހަވަންދޫގައި ވޮލީއަށް ހާއްސަ ފުރަތަމަ އެކަޑަމީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި...
ހއ. އިހަވަންދޫގައި ވޮލީބޯޅައިގެ ހުނަރު ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިވާ ކުދިން ތަމްރީން ކުރުމަށްޓަކައި އުފެއްދި އިހަވަންދޫ ޔޫތް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"އިހަވަންދޫ ޔޫތް އެކަޑަމީ" ގެ ނަމުގައި ހިންގާ މި އެކަޑަމީއަކީ 2025 ވަނަ އަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެކަޑަމީއެކެވެ. މިއީ އިހަވަންދޫގައި ވޮލީބޯޅައަށް ހާއްސަކޮށްގެން ހުޅުވުނު މިފަދަ ފުރަތަމަ އެކަޑަމީއެވެ.
އިހަވަންދޫ ޔޫތް އެކަޑަމީގެ އެއް ފައުންޑިންގ މެމްބަރު ކަމަށްވާ، ތަޖްރިބާކާރު ކުޅުންތެރިޔާ އަދި ކޯޗް އަހްމަދު އަބުދުއްސަމަދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެކަޑަމީ އުފެއްދުމުގެ އެންމެ ބޮޑު މަގްސަދަކީ އިހަވަންދޫގައި ވޮލީބޯޅަ ކުރިއެރުވުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިހަވަންދޫގައި ވޮލީބޯޅައިގެ ފޯރި އާއި ހާލަތު މިހާރު އޮތީ ވަރަށް ދަށް ފެންވަރެއްގައެވެ.
މި އެކަޑަމީގެ ތަމްރީންތައް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އިހަވަންދޫގެ އެހެން އެކަޑަމީ ތަކާއި ތަފާތު ގޮތަކަށެވެ. އެގޮތުން ރާއްޖޭން ބޭރުގެ ޕްރޮފެޝަނަލް ކޯޗެއްގެ އިރުޝާދުގެ ދަށުން ތަމްރީންތައް ކުރިއަށްގެންދާއިރު، ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުންގެ އެހީތެރިކަންވެސް ތަމްރީން ޕްރޮގްރާމްތަކުގައި ހޯދުމަށް ވަނީ ނިންމާފައެވެ.
އިހަވަންދޫ ޔޫތް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު 10 އަހަރުން މަތީގެ ދެ ޖިންސްގެ ކުދިންނަށްވެސް ވަނީ ހުޅުވާލާފައެވެ. މި އެކަޑަމީގެ ތަމްރީންތަކުގައި ބައިވެރިވާ ކުދިންގެ އަތުން މަހު ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 200 ރުފިޔާއެވެ. މި އެކަޑަމީގައި ރަޖިސްޓްރީވުމަށް ޖެހެނީ 7928180 ނަންބަރު ފޯނާއި ގުޅައިގެން ރަޖިސްޓްރީވުމުގެ މަރުހަލާ ފުރިހަމަކުރާށެވެ.
އިހަވަންދޫގައި މިހާރުވެސް ފުޓްބޯޅަ އަދި ހެންޑް ބޯޅައަށް ހާއްސަކޮށްގެން 3 އެކަޑަމީއެއް ހިންގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ރަސްތަރި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި...
16 - ނޮވެމްބަރު - 2024
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!
3 - އޮގަސްޓު - 2026
އިހަވަންދޫގައި މޯލްޑިވެސް ޕޯސްޓްގެ އައު އެޖެންޓެއް!
8 - ޖުލައި - 2026
ބިޒީ ޝެޑިއުލްގައިއުޅޭ މީހުންނަށްވެސް ފިޓްވާ ގޮތަށް ބައްޓަންކޮށްފައިވާ "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިހަވަންދޫގައި!
19 - ޖޫން - 2026
ޝައިޚް ޙާތިމް ޔޫސުފްގެ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް އިހަވަންދޫގައި
16 - ޖޫން - 2026
އިހަވަންދޫގައި ބޭއްވުނީ ފަހުގެ ތާރީޚެއްގައި އެންމެ ފުރިހަމަ އީދު، އައު ކައުންސިލްގެ ފެށުން ބޮޑުތަނުން ރަނގަޅު: ޝިފާއު
2 - ޖޫން - 2026
އަޟްހާ ޢީދު 1447: މިރޭ އިހަވަންދޫގައި ޢީދު ވެދުމާ ދިޔުމާއި، ހުޅުރޯކުރުން އަދި އަސަރީ ކެއުން އޮންނާނެ
26 - މޭ - 2026
އިހަވަންދޫގައި އެފްއެސްއެމް އިން އެއްގަމު އުޅަނދުތަކަށް ތެޔޮ އަޅައިދޭ އަދަދު ލިމިޓްކޮށްފި!
20 - އޭޕްރީލް - 2026
އިހަވަންދޫ ފިޓްނެސް ސެންޓަރުން ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
9 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް