ޚަބަރު

ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކުޅުދުއްފުށީގެ ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 180 އަށް އަރައިފައެވެ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެދިފައެވެ. "ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ހުރިހާ ރައްޔިތުންގެ ފަރާތުން އެދެން. މިގޮތުން މާސްކު އެޅުން، ސައިބޯނިލައިގެން އަތްދޮވުން އަދި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުން ހިމެނޭ. އަދި ރޯގާގެ އަލާމާތްތައް ހުންނަމަ، ލަސްނުކުރައްވާ ޑަކްޓަރަށް ދެއްކެވުމަށް ނަސޭހަތްތެރިވަން." މޮނިޓަރިންގެ ހާލަތަށް ގެނެވުނުކަން އަންގައި ހޮސްޕިޓަލުން މިއަދު ކޮށްފައިވާ ޕޯސްޓުގައި ވެއެވެ.
ޢަބުދުﷲ ޙަމީދު