ތިން މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށިސިޓީ މޮނިޓަރިންއަށް
ހދ.ކުޅުދުއްފުށިން އިތުރު 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް ލައިފިއެވެ.
ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތަށް ހުރެގެން އިއްޔެ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އެމީހާޔާ ގުޅުންހުރި އިތުރު ދެމީހުންކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
އިތުރު 3 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން ކުޅުދުއްފުއްޓަށް އަރާއި ފޭބުން ވަނީ މަނާކޮށްފައެވެ. ޕޮޒިޓިވްވި ތިންމީހުންވެސް މިހާރު ވަނީ ހޯމް ކަރަންޓީންގައެވެ. ޕޮޒިޓިވްވެފައިވަނީ ދެ މަފިރިއަޔާއި އެމީހުންގެ އާއިލާގެ އިތުރުން މީހެކެވެ. އެއީ ޢުމުރުން 24 އަހަރާއި 35 އަދި 33 އަހަރުގެ މީހުންނެވެ.
މި ކޭސްއާ ގުޅުން ހުރި އިތުރު މީހުންގެ ސާމްޕަލްތައް މިއަދު ނެގޭނެ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
ކޭއާރު އެޗް އިން ވަނީ މިހާލަތުގައި އެންމެހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް މެނުވީ ނުދިއުމާއި، ރޯގާގެ އަލާމާތްތައް ހުރި ނަމަ ލަސްނުކޮށް ސާމްޕަލް ނެގުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
ކޭއާރު އެޗްގެ ކޮވިޑް-19 ހޮޓްލައިންއަކީ 7606688 އެވެ. ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. އިއްޔެ ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން މިހާރު ވަނީ 30 ހާހަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފި
22 - ޖެނުއަރީ - 2022
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ޕީސީއާރާ ނުލައި މިހާރު އިހަވަންދޫ އަށް ދަތުރުކުރެވޭނެ
9 - ނޮވެމްބަރު - 2021
ދިއްދޫގެ މޮނިޓަރިން އުވާލައިފި
6 - ޖޫން - 2021
މާސްކުނާޅައިގެން އިހަވަންދޫން ތިންމީހަކަށް ފިޔަވަޅު އަޅައިފި
22 - މޭ - 2021
އިހަވަންދޫން މީހަކު ޕޮޒިޓިވް ވުމާއިއެކު އައު ފިޔަވަޅުތަކެއް
11 - މޭ - 2021
ދިއްދޫގެ އަދަތުތައް މައްޗަށް، ފިޔަވަޅުތައް ހަރުކަށި ކޮށްފި
6 - މޭ - 2021
ދިއްދޫގެ 170 ގެއެއް ކަރަންޓީނުގައި، އެކްޓިވް ކޭސް ތަކުގެ އަދަދު 40 އިން މައްޗަށް
5 - މޭ - 2021
އިތުރު 6 މީހަކު ފައްސިވެ ދިއްދޫގެ ޖުމުލަ ފައްސި 23 އަށް
4 - މޭ - 2021
އިހަވަންދޫގައި އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅަނީ އެންމެ 29 އިންސައްތަ މީހުން
2 - މޭ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް