- ޒަރޫރީ ބޭނުމެއް ނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނުކުމެ ނޫޅުން.
- ގެއިންބޭރަށް ނުކުމެއުޅޭ ހުރިހައި ހާލަތެއްގައި މާސްކު އެޅުން.
- ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުން.
- ޢާއްމު އިޖްތިމާއީ ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުން.
- ގުރޫޕް ހަދައިގެން ތަންތަނަށް އެއްވެއުޅުން މަނާކުރުން.
- ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކާއި، ހައިރިސްކު ބޭފުޅުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރަން އިސްކަންދިނުން.
- ސައި ހޮޓާ އަދި ފިހާރަތަކުގައި އިޖްތިމާއީ ގައިދުރުކަން ކަށަވަރުވާގޮތަށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެޗް.ޕީ.އޭގެ ގައިޑްލައިންއާ އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖެއްސުން.
ކަރަންޓީނުގައި ނެތްބަޔަކު އިހަވަންދޫން ކޮވިޑަށް ފައްސިވެއްޖެ
ދ. ކުޑަހުވަދޫން ހއ. އިހަވަންދޫއަށް ދަތުރުކުރި އިހަވަންދޫގެ 3 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކޮށްފައިވާގޮތުގައި ކަރަންޓީނުގައި ނެތް 3 ފަރާތެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެމަރުކަޒުން ދަނީ އަޅަމުންނެވެ.
ކޮވިޑަށް ފައްސިވި ފަރާތްތަކުގެ ކޮންޓެކްޓް ޓުރޭސިންގެ މަސައްކަތްކަތް ސިއްހީމަރުކަޒުން ކުރަމުންދާއިރު، ކޮވިޑަށް ފައްސިވި ފަރާތްތަކާ ކޮންޓެކްޓްވެފައިވާނަމަ އާމިނާދިޔޯ ސިއްހީމަރުކަޒަށް އެކަން އެންގުމަށް މަރުކަޒުން އެދިލައްވައެވެ. (6500501)
ރޭ އިހަވަންދޫން ކޮވިޑަށް ފައްސިވި 3 މީހުންނަކީ މިދިޔަ ހުކުރު ދުވަހު ދ. ކުޑަހުވަދޫން އިހަވަންދޫއަށް އައި ބައެކެވެ. ކޮވިޑު19 އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރުމުން އެމީހުންގެ ކޮވިޑަށް ޓެސްޓު ކުރުމަށް ހުކުރު ދުވަހުގެ ރޭ ނެގި ސާމްޕަލްގެ ނަތީޖާ ލިބިފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މިކަމާ ގުޅިގެން އިހަވަންދޫގެ އީއޯސީން ވަނީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ރަށުގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.
ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އީއޯސީން އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް:
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
30 - ޑިސެމްބަރު - 2021
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް