މޮނިޓަރިންގެ 8 ވަނަ ދުވަސް، ޖުމުލަ ފައްސި 15 އަށް
ހއ. އިހަވަންދޫން ކޮވިޑު ބައްޔަށް ފައްސިވި ޖުމުލަ އަދަދު 15 އަށް އަރައިފިއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ހޯމަދުވަހު ހާމަކޮށްފައިވާ ގޮތުން ހޯމަދުވަހުގެ ނިޔަލަށް ޖުމުލަ 15 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ހޯމަ ދުވަހު ވަނީ 4 މީހަކު ކޮވިޑު ބައްޔަށް ފައްސިވެފައެވެ. އެއީ ކުޑަހުވަދޫ ކުލަސްޓަރ އާ ގުޅިގެން ކަރަންޓީނު ކުރެވިފައިވާ ފަރާތްތަކެއްކަމަށް އެމަރުކަޒުން ހާމަކޮށްފައިވެއެވެ.
މިދިޔަ އާދިއްތަ ދުވަހުވެސް އިހަވަންދޫން ކޮވިޑު ބައްޔަށް 2 މީހަކު ފައްސިވެފައިވެއެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކޮށްފައިވާގޮތުގައި އާދިއްތަ ދުވަހު ކޮވިޑު ބައްޔަށް ފައްސިވެފައިވަނީ 2021 އޯގަސްޓް 19 ވަނަ ދުވަހު އެމަރުކަޒަށް ރޯގާގެ އަލާމަތްތަކާއެކު ދެއްކި ދެމީހެއް ކަމަށެވެ. އެއީ 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ.
ހެލްތު ޕުރޮޓެކްޝަން އޭޖެންސީ އިން އިހަވަންދޫ މޮނިޓަރިންގ އަށް ލާފައި ވަނީ އޯގަސްޓު 13 ވީ ހުކުރު ދުވަހު ދ. ކުޑަހުވަދޫން އިހަވަންދޫއަށް އައި 4 މީހުން ކޮވިޑަށް ފައްސިވެފައިވަނިކޮށް އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓު 16 ވީ ހޯމަދުވަހު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
އިހަވަންދޫ ކައުންސިލުން ހޯމަދުވަހު ހާމަކޮށްފައިވާގޮތުގައި އިހަވަންދޫ ކޮވިޑަށް ފައްސިވެފައިވާ ކޭސްތަކާ ގުޅިގެން މިވަގުތު 17 ތަނެއް ވަނީ ކަރަންޓީނު ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
30 - ޑިސެމްބަރު - 2021
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް