އިހަވަންދޫން ކޮވިޑަށް ފައްސިވެފައިވާ އެންމެންގެވެސް ހާލު ރަނގަޅު
ހއ. އިހަވަންދޫން ކޮވިޑު ބައްޔަށް ފައްސިވެފައިވާ އެންމެންގެވެސް މިވަގުތަށް ހާލުވެސް ރަނގަޅު ކަމަށާއި ފާހަގަ ކުރެވޭ ބޮޑު މައްސަލައެއް ނެތް ކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކުރައްވައިފިއެވެ.
އރަށުގެ ކޮވިޑުގެ ހާލަތާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އިހަވަންދޫ އީއޯސީން ކުރިއަށްގެންދިޔަ ފޭސްބުކު ލައިވްއެއްގައި ވާހަކަ ދައްކަވަމުން އާމިނާދިޔޯ ސިއްހީމަރުކަޒުގެ އެސިސްޓެންޓު ކޮމިއުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް ހުސެއިން ފަޔާޒު ވިދާޅުވީ މިއަދުގެ ނިޔަލަށް ޖުމުލަ 21 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު މިވަގުތައް އެންމެންގެވެސް ހާލު ރަނގަޅު ކަމަށެވެ. ފައްސިވެފައިވާ ފަރާތްތަކުގެ ތެރޭގައި ހައިރިސްކު މީހުން ހިމެނޭކަން ފާހަގަކުރައްވަމުން ފަޔާޒު ވިދާޅުވީ ކޮވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަމަ ޑޯޒު އަދި ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންވެސް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މިދުވަސްވަރު ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ގިނަކަން ފާހަގަ ކުރައްވަމުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އަމިއްލައަށް އައިސޮލޭޓުވުމަށް ސިއްހީމަރުކަޒުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަމުން ދާކަން ވެސް ފަޔާޒު ފާހަގަ ކުރެއްވިއެވެ.
ބުރާސްފަތިދުވަހުގެރޭ ބޭއްވި މައުލޫމާތު ދިނުމުގެ ލައިވް ގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޞަބާޙު ވިދާޅުވީ، އެޗްޕީއޭގެ ގައިޑުލައިންއާ އެއްގޮތަށް ކައުންސިލުން އެޅޭނޭ އެންމެ ގިނަ ފިޔަވަޅުތައް އަޅާފައިވާނެކަމަށާއި ރަށުގެ ކޮވިޑުގެ ހާލަތު ގޯސްވެގެންދާނަމަ އިތުރު ފިޔަވަޅުތައް އެޅުމަކީ އެކަށީވެންވާ ކަމެއް ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
30 - ޑިސެމްބަރު - 2021
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް