އައިސް ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފަށައިފި

މުޙައްމަދު އަކުރަމް

ފެނަކަ އިހަވަންދޫ އައިސްޕާލާންޓަށް ދިމާވީ އަމޯނިޔާ ގޭސް ލީކްވުމުގެ މައްސަލަ ހައްލުކޮށް ފަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ.

އައިސް ޕްލާންޓަށް އެމައްސަލަ ދިމާވީ މިދިޔަ މަހުގެ 28 ވަނަ ދުވުހުގެ އިރާކޮޅުއެވެ. އެމައްސަލަ ހައްލުކޮށް މަސްވެރިންނަށް އައިސް ދޫކުރަން ފަށާފައިވަނީ ޑިސެމްބަރ 10 ވަނަ ދުވަހުގެ ހަވީރުން ފެށިގެންނެވެ. ކުރިން މިފްކޯއިން ހިންގަމުން އައި އައިސް ޕްލާންޓްގެ ހިންގުމާއި ފެނަކައިން ހަވާލުވުމަށްފަހު ހިންގުމަށްދަނީ ބައެއް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އައިސް ޕްލާންޓް 24 ގަޑީއިރު އޮޕަރޭޝަނަށް ގެނެސްފައިވާއިރު މަސްވެރިންނަށް ފަސޭހައިން އައިސް ހޯދޭނެ ގޮތް ހެދުމަށް ހޮޓްލައިނަކާއި ޕޯޓަލްއެއް ވަނީ ތައާރަފް ކޮށްފައެވެ.

އައިސް ޕްލާންޓްގެ ހޮޓްލައިން ނަންބަރު: 7309754

އައިސް ޕްލާންޓްގެ ޕޯޓަލް އެޑްރެސް: ice.fenaka.mv

އައިސް ޕްލާންޓުން އަމޯނިޔާ ގޭސް ލީކްވާން ފެށުމުން އިހަވަންދޫގެ ހުޅަނގު ދެކުނުން ބޮޑު ސަރަހައްދެއް ބަންދުކުރިއެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު ކުރެވުނު މަސައްކަތުން މައްސަލަ ހައްލުކޮށް މަގުތައް ހުޅުވައިލީ އަނެއްދުވަހުގެ ހެނދުނުއެވެ.