ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 13 އަށް
ހއ. އިހަވަންދޫން 22 ނޮވެމްބަރުގައި ނެގުނު ފުލޫ ސާމްޕަލް އެއް ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިހާތަނަށް ނެގުނު ސާމްޕަލް ތަކުން 13 މީހަކު ކޮވިޑަށް ފައްސިވެފައިވާކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަ ކޮށްފިއެވެ.
ނޮވެމްބަރ 22 ގައި ކޮވިޑަށް ފައްސިވެފައި ވަނީ އާމިނާދިޔޯ ސިއްހީމަރުކަޒުގެ އޯޕީޑީއަށް ރޯގާޖެހިގެން ދެއްކި މީހެއްގެ ފުލޫ ސާމްޕަލް އެކެވެ. އަދި ހަމަ އެދުވަހު ވަނީ އެމީހާއާ ކޮންޓެކްޓުވި މީހެއްގެ ސާމްޕަލް ކޮވިޑަށް ފައްސި ވެފައެވެ. މިކޭސްތަކާ ގުޅިގެން އިހަވަންދޫގެ 6 ގެއެއް ކަރަންޓީނު ކޮށް، ކޮންޓެކްޓު ޓުރޭސިން ހެދުމާއި ކޮންޓެކްޓުންގެ ސާމްޕަލް ނެގުން ސިއްހީމަރުކަޒުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ނޮވެމްބަރު 22 ވަނަ ދުވަހު ކޮވިޑަށް ފައްސިވި ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރެއިން ރޭގެ ނިޔަލަށް ޖުމުލަ 13 ސާމްޕަލް ކޮވިޑަށް ފައްސިވެފައިވާއިރު، އިއްޔެ ހަވީރުވެސް ވަނީ ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައެވެ. މިވަގުތަށް ނަތީޖާ ނުލިބޭ 31 ސާމްޕަލް އެއް ވާ ކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއްވައެވެ.
ސިއްހީމަރުކަޒުން ފަރުވާ ހޯދުމުގައި ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކާއި އެހެނިހެން ބަލިތަކުގައި ފަރުވާ ހޯދާ މީހުންނާ ބައްދަލުނުވާގޮތަށް ސިއްހީމަރުކަޒުން މިހާރު ވަނީ އިންތިޒާމެއް ހަމަޖައްސާފައެވެ.
ރޯގާ ޖެހިފައިވާ ފަރާތްތަކުން މިއަދުން ފެށިގެން ބަލަމުން ދާނީ އެމަރުކަޒުގައި ޤާއިމުކޮށްފައިވާ ފުލޫ ކުލިނިކުން ނެވެ. މިގޮތުން ފުލޫ ކުލިނިކަށް ދައްކަން އައުމުގެ ކުރިން ސިއްހީމަރުކަޒުގެ ނަންބަރ 6500501 އަށް ގުޅައި ނޯޓު ކުރަން ޖެހެއެވެ. ފުލޫނިކު ހިންގުމަށް ކަނޑައަޅާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން 4:00 އަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
30 - ޑިސެމްބަރު - 2021
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް