އެކްޓިވް ކޭސްތަކާ ގުޅިގެން ކަރަންޓީނު ކުރެވުނު މީހުންގެ އަދަދު 100 އިން މައްޗަށް
ހއ. އިހަވަންދޫން 22 ނޮވެމްބަރުގައި ނެގުނު ފުލޫ ސާމްޕަލް އެއް ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިހާތަނަށް ނެގުނު ސާމްޕަލް ތަކުން 21 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު މިފަރާތްތަކުގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުން ކަރަންޓީނު ކޮށްފައިވާކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކުރައްވައިފިއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރުވެރިޔާ، ކޮމިޔުނިޓީ ހެލްތު އޮފިސަރ މުޙައްމަދު އަކުރަމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑު ބައްޔަށް ފައްސިވެފައިވާ ފަރާތްތައް ހިމަނައިގެން މިވަގުތު އިހަވަންދޫގައި 125 މީހަކު ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އެއީ ކޮވިޑަށް ފައްސިވެފައިވާ 21 ފަރާތާއި އެފަރާތްތަކުގެ 104 ކޮންޓެކްޓުންނެވެ.
އިހަވަންދޫ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި ނޮވެމްބަރ 27 ވަނަ ދުވަހުގެ ނިޔަލަށް އިހަވަންދޫގެ 36 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
އިހަވަންދޫން ކޮވިޑު ބަލި ފެނުމާ ގުޅިގެން ކޮންޓްކްޓު ޓުރޭސިން ހަދައި ނިމިފައިވާއިރު، ރޯގާ ޖެހިގެން ފުލޫ ކުލިނިކަށް ދައްކާ ފަރާތްތަކުގެ ސާމްޕަލް ތައް ކޮވިޑަށް ޓެސްޓު ކުރުމަށް ނަގަމުން ގޮސްފައި ވެއެވެ. މިއިން އެއްވެސް ސާމްޕަލް އެއް މިހާތަނަށް ކޮވިޑަށް ފައްސިވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
30 - ޑިސެމްބަރު - 2021
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް