މިއަހަރުވެސް އިހަވަން ކަޕް ބާއްވަނީ!
ހއ އަދި ހދ ގެ ރަށްތަކުގެ ޓީމް ތަކަށް ހުޅުވާލައިގެން މިދިޔަ އަހަރު ކްލަބް ޕޯލްސް ސްޓާއިން ކުރިޔަށްގެންދިޔަ "އިހަވަން ކަޕް" މިއަހަރުވެސް ބާއްވަން ނިންމައި އެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިހަވަން ކަޕަކީ ހއ އަދި ހދ އަތޮޅިގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، އެންޖީއޯތަކާއި، ކުންފުނިތަކާއި އަދި ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.
އިހަވަން ކަޕްގެ ފުރަތަމ މުބާރާތް ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގައި ޖުމުލަ 15 ޓީމަކުން ބައިވެރިވިއެވެ. އެއީ ކުޅިމަގު، ޒުވާނުންގެ ގުޅުން، އުލިގަމް، ކޮފަލި، އެންވީކޭ، ބޮޑުމަގު، އެޗްއެން ސްޕޯޓްސް ކްލަބް، ޗެޕޭ ސްޕޯޓްސް، ކްލަބް ޕެނީ، ޖަންގަލް، ޔުނައިޓެޑް ޔޫތު، ސެންސިޓީ، ޓީމް ނައިވާދޫ، އަރާދުވާ، ތުރާކުނު ޓީމް އަދި ސެންސިޓީ އެވެ.
އިހަވަން ކަޕް ގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ކްލަބް ޕެނީއެވެ. އެފަހަރުގެ މުބާރާތް ޕެނީ ކާމިޔާބުކުރީ ފައިނަލްގައި ކުޅިމަގާއި ވާދަކޮށް 3-1 ލަނޑުން ކުރި ހޯދައިގެންނެވެ.
ފޯރިގަދަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތަކީ ތިލަދުންމަތީގެ ޖަމިއްޔާއަކުން އެ ސަރަހައްދުގެ ރަށްތަކުން ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އެހެނިހެން ލިޔެކިޔުން
ގުޅުން ހުރެދާނެ ލިޔުން
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް
30 - ޑިސެމްބަރު - 2022
އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް
27 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަންކަޕްގައި އެންވީކޭ ކުޅޭނީ ރަށު ރޫހުގައި
13 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ގުރުލުން މިރޭ، އިވެންޓް ލައިވް ކުރާނެ
21 - ޑިސެމްބަރު - 2021
އިހަވަން ކަޕްގައި މިފަހަރު 11 ޓީމް ވާދަކުރަނީ
18 - ޑިސެމްބަރު - 2021
މޫސުން ގޯސްވުމުގެ ސަބަބުން އިހަވަން ކަޕްގެ މެޗްތައް ފަސްކޮށްފި
22 - ޑިސެމްބަރު - 2020
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް