އިހަވަން ކަޕްގައި މިފަހަރު 11 ޓީމް ވާދަކުރަނީ
ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގައި 11 ޓީމް ބައިވެރިވެއްޖެއެވެ.
އިހަވަން ކަޕްގެ ދެވަނަ މުބާރާތުގައި ބައިވެރިވެފައިވަނީ ހއ. މުރައިދޫ ފުޓްބޯޅަ ޓީމް، ނޮޅިވަރަމް ކައުންސިލް، މާރަންދޫ ބަނޑޭރި ސްޕޯރޓްސް، މާރަންދޫ ޔޫތް ސްޕޯރޓްސް، ދިއްދޫ އެޗްއެން ސްޕޯރޓްސް، ހޯރަފުށި، ސެންސިޓީ، ސެންސިޓީ ޖޫނިއާރސް، ކުޅިމަގު، އަރާދުވާ އަދި އެންވީކޭއެވެ. ވުމާއި އެކު މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫއަށް ނިސްބަތްވާ 5 ޓީމާއި ރަށުން ބޭރު 6 ޓީމެވެ. އިހަވަން ކަޕްގައި މުޅިން އަލަށް ދެ ރަށެއްގެ ޓީމްތައް މިފަހަރު ވާދަކުރެއެވެ. އެއީ ހޯރަފުއްޓާއި މުރައިދޫއެވެ.
އިހަވަން ކަޕްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޮޅިވަރަމް ކްލަބް ޕެނީއެވެ. ކްލަބް ޕެނީއިން އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލްމެޗު ގައި ކުޅިމަގު ޓީމާއި ވާދަކޮށް، ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ކްލަބް ޕެނީގެ ނަމުގައި މިފަހަރުގެ މުބާރާތުގައި ޓީމެއް ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ނޮޅިވަރަމް ކައުންސިލްގެ ނަމުގައި ޓީމެއް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ ރަނަރަޕް، ކުޅިމަގު ޓީމް މިފަހަރުގެ މުބާރާތުގައިވެސް ބައިވެރިވިއެވެ.
އިހަވަން ކަޕްގެ ގުރުނެގުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ އިހަވަންދޫ ހުރަވީ ދަނޑުގައެވެ. ކްލަބް ޕޯލްސްޓާއިން އަންނީ މިފަހަރުގެ މުބާރާތަށް ދުރާލާ ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މުބާރާތްކުޅޭ ދަނޑުގެ ލައިޓް ސިސްޓަމް ރަނގަޅުކޮށްފައިވާއިރު، ހުރަވީ ދަނޑު ސާފުކުރުމުގެ ހަރާކާތެއް މިއަދުވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.
ފޯރިގަދަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތަކީ ތިލަދުންމަތީގެ ޖަމިއްޔާއަކުން އެ ސަރަހައްދުގެ ރަށްތަކުން ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތެވެ.
ގުޅުން ހުރެދާނެ ލިޔުން
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް
30 - ޑިސެމްބަރު - 2022
އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް
27 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަންކަޕްގައި އެންވީކޭ ކުޅޭނީ ރަށު ރޫހުގައި
13 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ގުރުލުން މިރޭ، އިވެންޓް ލައިވް ކުރާނެ
21 - ޑިސެމްބަރު - 2021
މިއަހަރުވެސް އިހަވަން ކަޕް ބާއްވަނީ!
29 - ނޮވެމްބަރު - 2021
މޫސުން ގޯސްވުމުގެ ސަބަބުން އިހަވަން ކަޕްގެ މެޗްތައް ފަސްކޮށްފި
22 - ޑިސެމްބަރު - 2020
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް